ޚަބަރު
ފެންމީރުވި ރީތިރަށޭމީގެ ރިމިކްސް އާއި ބޮޑިބަތްތޯ އެ އުދަންވީ، ލަވަ އަޑުއަހާލަން ބޭނުންތަ!

ދިވެހިރާއްޖައި މިހާތަނަށް ނެރުނު ލަވަތަކުގެ ތެރެއިން އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ހިމެނޭ ފެންމީރުވި ރީތި ރަށޭމީ، ރޫޙުވަނީ ތިނަދޫގައޭ ލަވައިގެ ރިމިކްސް އަޑުއަހާލަން ބޭނުން ކަމުގައިވާނަމަ އެވިޑް ކޮލެޖްއިން މިރޭ ތިނަދޫގައި ބާއްވާ، އެކޮލެޖްގެ 16 ވަނަ އަހަރީ ޖަލްސާއަށް ވަޑައިގަންނަވާށެވެ. ނުވަތަ އެވިޑް ކޮލެޖް ގެ ފޭސްބުކް ޕޭޖްއިން މިރޭގެ ޖަލްސާގެ ލައިވް ކަވަރޭޖް ބަލާލާށެވެ. ހަމަ ޔަގީނުންވެސް މީވަރަށް ގިނަ ބަޔަކު ބޭނުންވާނެ ފުރުސަތެކެވެ.

ފެންމީރުވި ރީތިރަށޭމީ އާއި ބޮނޑިބަތްތޯއެ އުދަންވީ އަކީ ގދ ތިނަދޫ އަލިދޯދި އަބްދުﷲ އަފީފް މީގެ އެތައް އަހަރުތަކެއް ކުރިން ހައްދަވާފައިވާ ވަރަށް ފުރިހަމަ 2 ލެންކަން ނުދަންނަ މީހަކު ވަރަށް މަދުވާނެއެވެ.އަދި އެ ދެލަވައިގެ ތެރެއިން ފެންމީރުވި ރީތިރަށޭމީ އެކި އަހަރުތަކުގައި ރަފާތު އެކި އަޑުތަކުން ކިޔާފައި އެބަހުއްޓެވެ.

އެގޮތުން މިރޭގެ ޖަލ؛ްސާގައި ރޫހުވަނީ ތިނަދޫގައޭ މިލަވަ ތިނަދޫ މަރިޔަމްދީދީގެ އަޑުން ހުށަހެޅިގެން ދާނެއެވެ. ނަމަވެސް ރިމިކްސް ލަވަ ހުށަހަޅައިދެއްވާނީ ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިޔާ އަދި މިހާރު ތިނަދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ޒަލީފް އަބްދުﷲ އެވެ. މި ރިމިކްސް މިއުޒިކާއި ރެކޯޑިންގ ހަދާފައިވަނީ ބުންނަރު ސްޓޫޑިއޯއިން އަބްދުﷲ ބާތިންއެވެ.

ޅެންވެރިޔާ އަބްދުﷲ އަފީފްވަނީ މިލަވައަށް މުޅިން އާ 3 ބައިތު އިތުރުކޮށްފައެވެ. އެހެން ކަމުން މިލަވަ އަޑުއަހާލުމުގެ ޝައުގުވެރިކަން ބޮޑުވެގެންދާނެއެވެ.

މިރޭގެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނޭ ބޮނޑިބަތްތޯއެ އުދަންވީ ހުށަހަޅައިދޭނީ އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަސް ދަރިވަރުންނެވެ. މިއައިޓަމްވެސް ވެގެންދާނީ މުޅިން އާ ތަފާތު ހުށަހެޅުމަކަށް ކަން ޔަގީނެވެ.

Comment