ޚަބަރު
ސާފު ގެމަނަހުއްޓާ – ރިޔަތި ގެމަނަހުއްޓާ

ކޮންމެ ބަޔަކު ވެސް އެބައެއްގެ ރަށް އެބަޔަކު ވަށައިގެން އުޅޭ މާހައުލު ސާފުކޮށް ބާއްވަން ބޭނުންވާނެއެވެ. ރީތިކޮށް އޮންނަން ބޭނުންވާނެއެވެ. ސާފުޠާހިރުކަމާއި، ރީތިކަމަކީ އެންމެވެސް ލޯބިކުރާނެ ކަމެކެވެ. އެކަމަކު ގެމަނަފުށީން މި ފެންނަ ސާފުކަމާއި، ރީތިކަން ފެންނަނީ މަދު ރަށަކުންނެވެ. ސާފު ރަށަކަށް، ރީތިރަށަކަށް ގެމަނަފުށި ހެދުމަށްޓަކައި، އެ ރަށުގެ ކައުންސިލާއި، ޖަމްޢިއްޔާތަކާއި، ރައްޔިތުން ގުޅިގެން ކުރަމުންދަނީ އާދަޔާ ޚިލާފު މަސައްކަތްތަކެކެވެ.

އެގޮތުން އެ ރަށް ސާފުކޮށް ރީތިކޮށް ބޭއްވުމަށްޓަކައި އެ ރަށުގެ ރައްޔިތުން ކުނި މެނޭޖްކުރުމުގައި ފަރުދީ ޒިންމާނަގައެވެ. ހިތަށް އެރި ދިމާލަކަށް ކުނި އުކާނުލައެވެ. އެ ރަށް ރީތިކޮށް ބޭއްވުމަށްޓަކައި، ރަށުގެ ރައްޔިތުން ވަނީ، އެތައް މައިޒާންތަކެއް ތަރައްޤީކޮށްފައެވެ. “ސާފު ގެމަނަހުއްޓާ – ރިޔަތި ގެމަނަހުއްޓާ” މި ޝިޢާރުގެ ގެމަނަފުށީގެ ކޮންމެ ރައްޔިތެއްގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. އެކަން ގެމަނަފުށީގެ ކޮންމެ ރައްޔިތެއްގެ އަމަލާ ބަހުން ދައްކުވައިދެއެވެ.

ރަޖިސްޓްރީ އާބަދީ 1900 އަށް ވުރެ ގިނަ އެ ރަށުގައި ދިރިއުޅޭ އާބާދީ 1700 އަށް އަރާ ގެމަނަފުށްޓަކީ، ކުނި މެނޭޖް ކުރުމަށް ފަރުދީ ޒިންމާ ނެގުމުގައި ނަމޫނާ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. އެހެނީ މީގެ އަހަރުތަކެއް ކުރިން ރަށުގެ އެއްގަމާއި، ގޮނޑުދޮށަށް ކުނި އަޅަމުން ދިޔަ ނަމަވެސް މިހާރު އެ ރަށުގެ ކޮންމެ ރައްޔިތަކު ވެސް ކުނި ވަކިކޮށްގެން ވޭސްޓްމެނޭޖް ސެންޓަރަށް ގެންދިޔުމުގެ އިންތިޒާމް ވަރަށް ފުރިހަމައަށް ކުރެއެވެ. އެއްވެސް މީހަކު މަގުމައްޗަށް ކުނި އުކާނުލައެވެ. ގެއާ ގޯތިތެރެއާއި، ވަށައިގެންވާ މަގުތައް ސާފުކޮށް ބަލަހައްޓައެވެ.

“އަހަނަ ބޭނުންވެންނޫ މިރަޓާ ވީހޭސް ސާފުކޮޓަބާނަ. ރިޔަތިކޮޓަބާނަ. އެހެންވީމޭ މިރަޓު އެއްވެސް މީހަކުން ހިތަޓައެރީތާކަޓަ ކުނު ނޯޑަންނެއްޔާ. ކައުންސިލުން ކުނު ބަލޭ އެންތާޓަ ކުނު ވަކިކޮޓަފޭ ބާއިފޭ ހުންނާ” އެރަށުގެ މެދު ޢުމުރުގެ އަންހެންކަނބަލެއް ކަމަށްވާ މަރިޔަމް ދީދީ ވިދާޅުވިއެވެ.

ގެމަނަފުށި އެހާ ސާފުކޮށް އޮންނަނީ ގެމަނަފުށީ ކައުންސިލުން ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރަމުންދާތީއެވެ. ގެމަނަފުށީ ކައުންސިލްގެ ރައީސް ނާޝިދު ވިދާޅުވީ ރަށުގެ ގޭގެއިންނާއި މުއައްސަސާތަކުން ފީނަގައިގެން ކައުންސިލުން ކުނި މެނޭޖްކުރަމުން ގެންދާކަމަށާއި، އެ ކަމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބޭކަމަށެވެ. ރަށުތެރެ އެހާ ސާފުކޮށް އޮންނަނީ، ރަށުގެ ސާފުޠާހިރުމަށް ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝައުޤުވެރިކަމާއި، ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ.

“ކައުންސިލުން ވަރަށް ފުރިހަމައަށް ކުނި މެނޭޖް ކުރުމުގެ މަސައްކަތްކުރޭ. އެހެންނޫންނަމަ، މިހާ މިރަށް ސާފު ނުވީސް” ކަނެތި ހަޓާގެ ވެރިޔާ ހަސަން ވިދާޅުވިއެވެ.

ގެމަނަފުށި ހަމައެކަނި ސާފީކީނޫނެވެ. އެރަށް އެހާމެ ރީތިވެފައި ހިތްގައިމު ވެސް މެއެވެ. އެރަށުގެ އުތުރު އަވަށު ތުނޑީގައި “މާރެހާވިއު” ގެ ނަމުގައި ވަރަށް ހިތްފަސޭހަ މައިޒާނެއް ހެދިފައިވެއެވެ. ހަމައެއާއެކު އެރަށުގެ ދެކުނު އަވަށު ތުނޑީގައި ވެސް “ޒީރޯ” ގެ ނަމުގައި އެހާމެ ހިތްގައިމު މައިޒާނެއް ހެދިފައިވުމުގެ އިތުރުން ސަންރައިޒް ބީޗެއް ވެސް ތަރައްޤީ ކުރެވިފައިވެއެވެ. އަދި ރަށުގެ އިރުމަތީފަރާތުގައި، ޕެރަޑައިސްގެ ނަމުގައި ވަރަށް ފުރިހަމަ މައިޒާނެއް ހެދިފައިވެއެވެ. މީން ކޮންމެ މައިޒާނެއްގައި އުނދޯލިގެ އަޅައި ޖޯއްޔާއި، އިށީންނާނެ ގޮނޑި ބެހެއްޓިފައި ވުމުގެ އިތުރުން ޓީވީ ބެހެއްޓިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. “ޒީރޯ ބީޗް” މޫދު ހަޓެއް ހުންނަކަން ވެސް ފާހަކޮށްލަން ޖެހެއެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ، އެތަންތަނުގައި ބެހެއްޓިފައިވާ ޓީވީތަކާއި، އެތަނުގައި ހުންނަ އެއްވެސް މުދަލެއް ވަގަށް ނުގެންދިއުމާއި، އަދި ގެއްލުމެއް ވެސް ނުދޭ ކަމެވެ.

“ގެމަނަފުށްޓަށް އަޅުގަނޑުމެން ކައުންސިލުން ވަރަށް ގިނަ ފަހަރު ގޮސްފިން. އަދިވެސް ވަރަށް ދާހިތްވޭ. ސަބަބަކީ އެ ރަށް ސާފުވެފަ ރީތި ވީމާ. ޗުއްޓީ ހޭދަކޮށްލަންދާ މީހުން ހިތްހަމަ ޖައްސާލާނެ އެތައް މައިޒާންތަކެއް އެ ރަށުގައި ހެދިފައިވޭ. ބޭރު ޖެޓީ ވެސް އެއީ ހަމަ ދެވަނައެއްނެތް ނަމޫނާއެއް.” ފުވައްމުލަސިޓީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު ޝެހެނާޒު ވިދާޅުވިއެވެ.

އެ ރަށުގެ ކޮންމެ ތަނެއްވެސް ހެދިފައިވަނީ، ވަރަށް ވެސް ފުރިހަމަކޮށެވެ. އެގޮތުން އެ ރަށުގެ ބޭރު ޖެޓީއަކީ، މުޅި ރާއްޖެއަށް ވެސް ނަމޫނާއަކަށް ވާނެއެވެ. ހަވީރުއްސުރެ މީހުން އެތަނަށް އަރައި ހިތްހަމަ ޖެހުން ހޯދަމުންދެއެވެ. ރޭގަނޑު އާއިލާއާއެކު އެތަނުގެ ހިތްގައިމުކަން ލިބިގަންނަމުން އެތައް ބަޔަކު ދެއެވެ. މީގެއިތުރުން އެ ރަށުގެ އުތުރު މައިޒާނާއި، ކުޑަކުދިންގެ ޕާކާއި، އަމީނީ ޕާކާއި، ބެލެނިވެރިންގެ ޕާކް ފާހަގަކޮށްލެވެއެވެ. އަދި މިހާރު ހަދަމުންދާ ފާލަމާއި، ބަނދަރުމަތީ ބެހެއްޓިފައިވާ ޕޮޓްތަކާއި، ކުޅިވަރު ސްޓޭޖާއި، ކުޅިވަރު ކުޅޭ ތަންތަން ވެސް ފާހަކޮށްލެވޭހައި ފުރިހަމައެވެ.

“އަޅުގަނޑުމެން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ޒިޔާރަތްކޮށްފިން. ގެމަނަފުށި ވަރެއްނެތް. ހިތްފަސޭހަކޮށްލާނެ އެތައް މައިޒާނެއް އެބަހުރި. އެހާމެ ސާފު. ވަރަށް ހިތްގައިމު.” ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އައިބީ ވިދާޅުވިއެވެ.

އެ ރަށުގެ ރީތިކަމާއި ފުރިހަމަކަން ގެނެސްދޭ އިތުރު ކަންތައްތަކުގެ ތެރޭގައި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ބެހެއްޓިފައިވާކަހަލަ ހަތަރު ފަރާތުން ފެންނަ ގަޑިޓަވަރާއި، މަސްވެރިންގެ ހިޔާއާއި، ސްކޫލު ބެލެނިވެރިން މަޑުކޮށްލުމަށް ހެދިފައިފާ ބެލެނިވެރިންގެ ހިޔާ ހިމެނެއެވެ. ބެލެނިވެރިންގެ ހިޔާއަކީ، ރާއްޖޭގައި އެންމެ ފުރަތަމަ އެގޮތަށް ހެދުނު ތަނެވެ.

ރަށެއް ރީތި ވުމާއި ހިތްގައިމުވުމުގައި އެ ރަށަކުން ލިބޭ ޚިދްމަތްތަކާއި، މެހްމާންދާރީއާއި، އަމާންކަން ވެސް ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ. އެގޮތުން އެރަށުގައި ހެދިފައިވާ ޕެޓްރޯލް ޝެޑްތަކާއި، ހޮޓާރެސްޓޯރެންޓްތަކާއި، އެރަށުގެ ބޮޑު މިސްކިތް ވަރަށް ތަފާތެވެ. އޭޓީއެމާއި، އައިސްޕްލާންޓާއި، ޑީސަލް ފިހާރައެއް ހުރުމުގެ އިތުރުން ބޯކޮށާ ތަންތަނާއި، ތަފާތު އެތައް ވިޔަފާރިއެއް އެ ރަށުގައިހުރެއެވެ. ގެމަނަފުށްޓަކީ، މެހްމާންދާރީ އަދާކުރުމުގައި ލާމަސީލު ރައްޔިތަކު ދިރިއުޅޭ، އެންމެ ކުށް މަދު ރަށޭ ދެންނެވިދާނެއެވެ. މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ގެ އަދަދު ވަރަށް މަދު އެ ރަށުގައި ވައްކަމާއި، ފޭރުމެއް ނޯވެއެވެ. ކޮންމެ މީހަކަށް ވެސް މިނިވަންކަމާއެކު އެއްވެސް ބިރެއްނެތި އެ ރަށުގައި އަމާންކަމާއެކު އުޅެވެއެވެ. ކުރީގެ ކައުންސިލްގެ ރައީސް ޢަބުދުﷲ ޝިޔާން ވިދާޅުވީ، ގެމަނަފުށީގެ ރީތިކަމަކީ، ރައްޔިތުންގެ ބުރަ މަސައްކަތް ކަމަށާއި، ގެމަނަފުށީ ރައްޔިތުން ބޭނުންވަނީ އެންމެ ސާފު، އެންމެ ރީތި، އެންމެ އަމާން ރަށެއްގެ ގޮތުގައި ގެމަނަފުށި ބޭއްވުމަށެވެ.

“ސާފު ގެމަނަހުއްޓާ – ރިޔަތި ގެމަނަހުއްޓާ” އެ ޝިޢާރަކީ، އެ ރަށަށް ޙައްޤު ޝިޢާރެކެވެ. ގެމަނަފުށި ސާފެވެ. ހިތްގައިމެވެ. ރީއްޗެވެ. ފުރިހަމައެވެ.

  1. Ibrahim Adam

    ވަރަށް ފުރިހަމަ ލިޔުމެއް. އަދަބީ ގޮތުން މުއްސަނދި ލިޔުމެއް. ޝުކުރިއްޔާ ޝިޔާމު