އިއްޔެ ނިމިގެންދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ނަތީޖާއިން ހާމަވެގެން ގޮސްފައިވަނީ މެޖޯރިޓީ ރައްޔިތުން ބޭނުންވަނީ އަދިވެސް ރާއްޖޭގައި ރިޔާސީ ނިޒާމު އޮތުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެވެ.
ޝަރީފު މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެމްޑީޕީގެ އިންތިޚާބު ނިމުމާއެކު ރައީސް ޞާލިޙަށް ތާއީދުކުރާ ފަރާތްތަކުންވަނީ އެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ރައީސަށް ވަފާތެރި ކެނޑިޑޭޓުން ކާމިޔާބުކޮށްފައިވާކަމަށް ބުނެފައެވެ.
އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ހާމަވެގެންދިޔައީ މެޖޯރިޓީ ރައްޔިތުންގެ އަދިވެސް އެދެނީ، ރާއްޖޭގައި ރިޔާސީ ނިޒާމު އޮތުމަށްކަމަށް.
– ޝަރީފް ވިދާޅުވިއެވެ.
recently concluded MDP-GM elections showed there isn’t that much support to change the system of governance as many devotees n hardcore supporters of President @MohamedNasheed are claiming. I hav reason to belv if a referendum is held today Presidential system will win decisively
— Ibrahim Shareef (@AdduShareef) September 26, 2021
އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން ޝަރީފް ވިދާވީ އެނަތީޖާއިން ހާމަކޮށްދެނީ ރާއްޖޭގައި އަދިވެސް އޮންނަން ފެންނަ އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ. ފާއިތުވެދިޔަ 12 އަހަރު ރާއްޖެ ތަޖުރިބާކުރި ރިޔާސީ ނިޒާމާއިއެކު ކުރިއަށް ދިއުމަކީ އިއްޔެގެ ވޯޓުގެ ނަތީޖާގެ މެޖޯރިޓީ ރައްޔިތުން އާބަސް ބުނެފައިވާ ގޮތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.