އިއްޔެ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރި ކުންފުނި ތަކުގެ ވެރިންނަށް ވޯޓު ދެއްވީ ޚިދުމަތްތައް މެދު ކަނޑަލަފާނެކަމުގެ ބިރު އޮތުމުން ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ތުހުމަތުކުރައްވައިފިއެވެ.
ރާއްޖޭގެ އޮންލައިން ނޫސް “ދެން” އަށް ދެއްވި ބަސްދީގަތުމެއްގައި ބޮންޑެ ވިދާޅުވީ ޙަޤީގަތަކީ އިންތިޚާބުން ރައީސް ޞާލިޙް ބޮޑިތަނުން ނާކާމިޔާބުވެ ވަޑައިގެންނެވިކަން ކަމަށެވެ. އަދި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހޮވިވަޑައިގެންނެވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރާއި އެކު ދެއްވި ވޯޓުން ކަމަށް ބޮންޑޭ ވަނީ ވިދާޅުވެފައެވެ.
ބޮންޑެގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރައީސް ޞާލިޙް ފެކްޝަނަށް ގިނަ ގޮނޑި ލިބުނުކަމަށް ދައުވާކުރައްވާއިރު އޭގެ ތެރޭގައި ގިނައީ ހޮވުނަސް އިތުރު ވޯޓެއް ޕާޓި ކަންކަން ނިންމުމުގައި ނުދެއްވޭނެ ބޭފުޅުން ކަމަށާއި، ގައުމީ މަޖިލިސް ކޮންޓްރޯލު ރައީސް ނަޝީދަށް ލިބި ބަރުލަމާނީ ވެސް ވަނީ ރައީސް ޞާލިޙުގެ މައްޗަށް ކުރި ހޯދާފައި ކަމަށެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހަށް ބޭފުޅުން އައްޔަން ކުރަން ނެގި ވޯޓުން ކާމިޔާބު ހޯއްދެވީ ރައީސް ޞާލިޙުގެ ފެކްޝަނުންކަމަށް ގިނަ މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާއިރު ރައީސް ޞާލިޙުގެ ފެކްޝަނަށް ތާއީދު ކުރާ ފަރާތްތަކުންވެސް އެކަން ހާމަކޮށްފައިވެއެވެ.