ވާހަކަ
ދެހަށި އެއްފުރާނަ-03

ނަބީލް ސިގިރެޓް ދަމަމުން ދީމާ ކައިރީ ދޮގެއް ހަދާލިއެވެ.

އާނާ ކައިރިޔަށް މާލެ ދިޔަކަން އެގިއްޖިއްޔާ ދީމާ ރުޅިއަންނާނެތީއެވެ. އާނާ އާ ނަބީލް އެވަރަށް ގާތްގުޅުމެއް އޮންނާތީ ދީމާ ނުބުންޏަސް ދީމާ ހިތްހަމަ ނުޖެހޭކަން ނަބީލްއަށް އެގޭތީ ގަސްތުގައި ދީމާ ކައިރީ ދޮގުހެދީއެވެ.

” އޯހް! ސޮރީ. އަހަރެން ހީކުރީ އާނާ މާލެ ދިޔައިމަ ނަބީލް ކަންބޮޑުވެގެން އާނާ ފަހަތުން މާލެ ދިޔައީ ކަމަށް.”

” ސާބަސް ދީމާ. ތިދެންބޮޑުވަރު.” ނަބީލް ބުނެލިއެވެ.

” ސޮރީ. އަހަރެން މަޖަލަކަށް ބުނި އެއްޗެއް އެއީ. ކޮބާ އާނާ ނުގުޅާތަ. އަހަރެން ގުޅީމަ ފޯނެއް ނުނަގާ.”

” ނިދާފަ އޮތީމަ ކަންނޭގެ.”

” ކިހިނެއް ނަބީލްއަށް އެގުނީ އާނާ ނިދާފަ އޮތްކަމެއް.” ނަބީލް ބުނި ޖުމްލައިން ދީމާގެ ހިތުގައި އުފެދުނީ ސުވާލެކެވެ.

” އެއީ..އެއީ އާނާ ގުޅާފަބުނި ނިދަން އުޅޭ ވާހަކަ. އެހެންވެ. އޭނަ މިރޭ އޮފީހުގައި އޮތް ބާބަކިއުއަކަށް ދާންޖެހޭތީ ކުޑަކޮށް ނިދާލީއޭ ބުނި.” ނަބީލް އަޅައިގަންނަމުން ވާހަކަދެއްކިއެވެ.

” އޯކޭ. ކީއްކުރަނީ ކައިފިންތަ. ވަރަށް މިސް އެހެންވެ މިގުޅަނީވެސް. ކިތައްފަހަރު ގުޅައިފިން.”

” މިރޭ ނުކަން އަދި ކޮބާ ނުހައިކް.”

” އޭނަ ވީ ކޮޓަރީގައި ކުޅެން އެބައުޅޭ. އަހަރެން މިއިނީ ބޭރު ޖޯލީގައި. ދެން ބޭއްވީ ނުހައިކްއަށް ކާންދޭން މިދަނީ.”

” އޯކޭ. ބާއި!” ފޯނު ކަޑާލަމުން ނަބީލް ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެބުރި އައިސް ފިލްމް ބަލަން ޖައްސާލީއެވެ.

ނަބީލްއަށް ހޭލެވުނީ ރޭގަނޑު 11 ޖަހަން އުޅެނިކޮށެވެ. ލޯހުޅުވަމުން ފޯނުން ގަޑި ބަލާލިއެވެ. ނަބީލް ޖެހުނީ ކޮޅަށެވެ. އެހާގިނައިރު އޭނައަށް ނިދުނީމައެވެ. އާނާގެ 6 މިސްކޯލް އިނެވެ. އާނާ ގޮވައިގެން އޮފީހަށް ދާނެވާހަކަ އާނާ ކައިރީ ބުނެވިފަ އޮތީމައެވެ. އަވަހަށް އާނާ އަށް ގުޅާލިއެވެ.

“ހަލޯ!” އާނާ ޖަވާބުދިނީ ރޮމުންނެވެ.

“އާނާ! ކިހިނެއްވީ.” ނަބީލް ހާސްވިއެވެ.

” ނަބީލް!” އާނާއަށް ހަމަ ރޮވެނީއެވެ.

” މަޑުކުރޭ އަހަރެން މިއަންނަނީ.” ނަބީލް ފޯނުކަޑާލާފައި ފާޚާނާއަށް ވަނެވެ. ޓީޝާޓެއް ނަގާ ގަޔަށް ވައްޓަމުން ކޮޓަރިން ނުކުމެގެން ނަބީލް މިސްރާބް ޖަހާލީ ކޮރަލް ހޮޓަލަށެވެ. ނަބީލް ހުރީ އެތަނާ ކައިރި ގެސްޓް ހައުސްއެއްގައި ކަމުން ދެތިން މިނެޓްތެރޭ ނަބީލްއަށް އެތަނަށް ދެވުނެވެ.

ދޮރުގައި ޓަކި ޖަހާލުމުން އާނާ ދޮރުހުޅުވާލިއެވެ. ނަބީލް ފެނުމާއެކު އާނާ ނަބީލް ގައިގައި ބައްދައިގަތެވެ. އާނާ ހުއްޓާނުލާ ރޮނީއެވެ.

” އާނާ. ކިހިނެއްވީ!” ނަބީލް އާނާ ގެނެސް އެދުގައި ބޭންދިއެވެ.

އާނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ނަބީލް ފޮހެދިނެވެ. އެތައް ފަހަރެއްގެ މަތިން ވެގެން އުޅޭގޮތް ސުވާލުކުރުމުން އާނާ ކިޔައިދިނެވެ.

” އަހަރެން…ދިޔައީ އޮފީސް ކުދިންނާއެކީ އޮފީހަށް. އަހަރެން ނަބީލް އާދޭތޯ އިންތިޒާރުކުރިން. ގުޅަންވެސް ގުޅިން ނަބީލް ފޯނެއް ނުނަގާ. އޮފީހުގައި އޮތް ބާބަކިއުގައި އޮފީހުގެ ހުރިހާ ސްޓާފުން ބައިވެރިވި. ހުރިހާ ސްޓާފުންނަށް އަހަރެމެން ތައާރަފްކޮށްދިނީ އޮފީހުގެ ޖީއެމް. ” އަނެއްކާވެސް އާނާއަށް ރޮވުނެވެ.

” އާނާ. ސޮރީ. ދެންނުރޮއެ. އަހަންނަށް ނިދުނީ. ދެންމެ ހޭލެވުނީ. ދެންބުނެބަ ކީއްވެ ތިވަރަށް ތިރޮނީ. އަނެއްކާ ރަޔާންއަށް އާނާ ފެނުނީތަ!”

ނަބީލް މިހެންބުނުމުން އާނާ ރޮމުން ބޯޖަހާލިއެވެ.

” ހަމަތެދެއް. ދެންކިހިނެއްވީ.”

” ރަޔާން އަކީ އެއޮފީހުގެ މަސައްކަތު މީހެއް. އޭނައަށް އަހަރެން ފެނުނީ.”

” ދެން.” ނަބީލް ކެތްމަދުވިއެވެ.

” އޭނަ އަހަރެން ކައިރިޔަށް އައިސް ފުރަތަމަ އަހަންނަށް ބަލައިގެން ހުރީ ދެތިން މިނެޓްވަންދެން. އެހެންހުރެފަ ދިޔައީ. އަހަރެން ވަރަށް ބިރުގަނޭ.” އާނާ ވާޙަކަ ދެއްކީ ގިސްލަމުންނެވެ.

“ކީއްވެ ބިރުގަންނަންވީ. އަހަރެން ބުނީމެއްނު ރަޔާންއަށް އާނާ ފެނިދާނޭ މާލެ ނުދާށޭ. އެކަމަކު. ދެން އަޅާނުލާ ނަސީބެއްނުން އޭނަ އަޅާނުލާ ދިޔަކަން. ދުނިޔޭގަ ހުރިކަން ކޮންމެވެސް އެއްދުވަހަކުން އޭނައަށްވެސް އެގޭނެ.”

” އަހަރެން ފާޚާނާއަކަށް ވަދެފަ ނުކުތްތަނުން އޭނަ އަހަންނާ ދިމާކުރި. ވަރަށް ރުޅިއައިސްފަ ހުރީ. އަހަންނަށް ނޭގުނު ކިޔަންވީ އެއްޗެއް.” ނަބީލްގެ ޖުމްލަ މެދުކަޑާލަމުން އާނާ ބުނެލިއެވެ. ނަބީލް އާނާ އަށް ބަލާލިއެވެ.

” ކީކޭ އޭނަބުނީ!” ނަބީލް އަހާލިއެވެ.

” އަހަރެން އޭނައަށް އޮޅުވާލާފަ މަކަރުހަދާފަ ނަބީލްއާއެކީ ފިލީޔޯ. އޭނައަށް ނަބީލް ފެނުނޯ ހަވީރު ފިހާރައެއްގެތެރެއިން. އަހަރެންގެ އިސްތަށިގަނޑުގައި ހިފާކޮށްޕާލީމާ އަހަރެންގެ ބޯ ފާރުގައި ޖެހި ފަޅައިގެންދިޔަ.” އަޅައިގެންހުރި ބުރުގާގެ އެއްފަރާތްކޮށްފަ ބޮލުގައި ފެޅިފައިހުރިތަން ނަބީލްއަށް ދައްކާލިއެވެ.

“ސުބުހާނަﷲ. ހާދަބޮޑުތަނެކޭ. ހިގާ ހޮސްޕިޓަލަށްދަމާ ބޭސް އަޅަން.” ފާރުގެ ކަނެއްގައި ޖެހުނު ގޮތަށް ވަރަށް ބޮޑުތަނެއް ފަޅައިގެންގޮސްފަ އިނެވެ.

“ނޫން. އަހަރެން ދެން އެއްވެސް ތަނަކަށް ނުދާނަން. އަހަރެން ބޭނުމީ ރަށަށް ދާން. އޭނަ އަހަރެން ހުރިތަނެއް ހޯދާނެ. އަންނާނެ.” އާނާ އިނީ ބިރުންނެވެ.

“ކާކާ އެކީ އާނާ ގެޔަށް އައީ.؟”

” އަހަރެންގެ ނަސީބް ކަންނޭގެ އެތަނަށް އޮފީހުގެ އެޑްމިން ކުއްޖެއް އައިކަން. ފުރުސަތުގެ ބޭނުން ހިފާފަ އަހަރެން އެތަނުން ނުކުމެގެން އައީ. އެކަނި ކާރުގައި އައީ.” އާނާ އަދިވެސް ހުއްޓާލާކަށް ނޫޅެއެވެ. އޭނަ ހުރީ އެވަރަށްވެސް ރަޔާންދެކެ ބިރުގަނެފައެވެ.

” އާނާ ހިގާ އަހަންނާއެކީ އަހަރެން ހިފާފަ ހުރި ކޮޓަރިއަށް. މިތާގަ ހުރިއްޔާ ރަޔާން އަށް އެގޭނެ އޭނަ އަންނާނެ އާނާއަށް އުދަގޫކުރަން.”

ނަބީލް ހިފާފަހުރި ކޮޓަރިއަށް އާނާ ބަދަލުވީ އެއްވެސް މީހަކަށް ނާންގައެވެ.

ބޭރުން އެއްޗެއް އޯޑަރުކޮށްގެން ކައިގެން ނަބީލް އާނާ ބޭއްވީ ނިދޭތޯއެވެ. ނިދާލުމުން ކުޑަކޮށް ހަމައަކަށް އެޅޭނެކަމަށެވެ. އާނާއަށް ނިދާލިއެވެ. ނަބީލް ހުރީ ނުނިދާ ހޭލާއެވެ.

އާނާހުރީ ބަދިގެތޭގައި ރޮށިފިހާށެވެ.

“އާނާ. އާނާ!” ރަޔާން ގޮވާއަޑު އާނާއަށް އިވެއެވެ. ނަމަވެސް ރޮށިފިހަން ހުރީމަ އަޅާވެސްނުލާ ހުރީއެވެ. ރާޔާން ބަދިގެޔަށް އައިސް އާނާއަށް ގޮވާލިއެވެ. އާނާ ޖަވާބުދިނެވެ.

“ކިތައްފަހަރު ގޮވައިފިން. އަހަރެންގެ ގަމީސް މިއޮތީ އަދި އިސްތިރިނުކޮށް. ހަމަ މިހާރު އާދޭ ގަމީސް އިސްތިރިކޮށްދޭން.” ރަޔާން ބުނެލިއެވެ.

” ރޮށިފިހެ ނިންމާފައި މިދަނީ.” އާނާ ޖަވާބުގައި ބުނެލިއެވެ.

“ނިންމާފަ މިދަނީއޭ! ހަމަ މިހާރު ދާންވީ!” ރަޔާން އާނާގެ އަތުގައި އޮތް ރޮށިފިހާން ބޭނުންކުރި ހޫނު ދޭފަތް އާނާގެ އަތުގައި އަޅާޅިއެވެ.

“މަންމާ!” އާނާ ފުންމައިގެން ތެދުވިއެވެ.

ނަބީލް އިނީ ފިލްމެއް ބަލާށެވެ. އާނާ ގޮވި އަޑަށް ނަބީލް ދިޔައި ސިއްސައިގެންނެވެ.

“ކިހިނެއްވީ.!” ނަބީލް އައިސް އާނާގެ ކައިރީ އަހާލިއެވެ.

” ނަބީލް. ރަޔާން. ..ރަޔާން އަހަރެން ހޯދާނެ. އަހަރެން ވަރަށް ބިރުގަނޭ.” އާނާ ބިރުގަންނަނީ ރަޔާން އަނެއްކާވެސް އޭނާގެ ދިރިއުޅުމަށް އަތުވެދާނެތީއެވެ.

“ރަޔާންއަކަށް އާނާ ނުފެންނާނެ ދެން. މާދަމާ ހެދުނު އަހަރެން އާނާ ގޮވައިގެން ރަށަށް ދާން ފުރާނަން. އެކަމާ ދެންނުވިސްނާ ނިދާލާ. އަހަރެން އިންނާނަން އާނާ ކައިރީ.” އެދުގައި އާނާ ބާއްވަމުން މަޑުމަޑުން އޭނަގެ ބޮލުގައި ފިރުމާލަ ފިރުމާލާ ނަބީލް އިނެވެ.

(ނުނިމޭ)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!