ށ.ފޯކައިދޫ ސްކޫލުގައި ކީރިތި ރަސޫލާއަށް ފުރައްސާރަވާފަދަ ގޮތަކަށް މަދަހައެއް ކިޔާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފޯކައިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު މަތީން ވިދާޅުވި ގޮތުގައި އެއީ ސްކޫލް ހޯލްގައި ހުރި ސައުންޑް ސިސްޓަމްގެ އަޑު ރަނގަޅުތޯ ޗެކްކުރުމަށްޓަކައި ކިޔުނު މަދަހައެއް ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ގޯސްނިޔަތަކު ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
“އެއީ ވަރަށް މަޖާ ޓީޗަރެއް. މުބާރާތް ތެރެއަކުންވެސް ނޫން އެއީ. ސޯލޯ ޕާފޯރމެންސް ނިންމާފަ ގުރޫޕް މަދަހަތައް ކިޔުމުގެ ކުރިން ޖަޖުން ބޭނުންވީ ސައުންޑް ޓެސްޓްކޮށްލަން. ދެން ތަންކޮޅެއް މަޖާ ޓީޗަރެއްވީމާ މަޖާކޮށްލަން ކުރިކަމެއް އެއީ. އެއްވެސް ހާލެއްގައި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ނިޔަތަކު ނޫން އެ ޓީޗަރު އެކަން ކުރީކީ.” މަތީން ވިދާޅުވިއެވެ.
އެސްކޫލްގެ ބެލެނެވެރިންނާއި ދަރިވަރުންގެ ހާޒިރުގައި ކިޔާފައިވާ މިމަދަހައިގެ އެއް ކަޑި ރަނގަޅަށް ކިޔުމަށްފަހު ދެވަނަ ކަޑީގައި ކިޔާފައިވަނީ މުޅިންވެސް އެހެން ވަހަކަތަކެކެވެ. އެމަދަހައިގެ ރާގުގައި ކީރިތި ރަސޫލާއަށް ފުރައްސާރަވާގޮތަށް މަދަހައިގެ ދެވަނަ ކަޑި ކިޔުމުން ހޯލުގައި އެވަގުތު ތިބި ހުރިހާ ކުދިން ހޭންފެށިއެވެ.
ފޯކައިދޫ ސްކޫލްގެ ޕްރިންސިޕަލް އިތުރަށް ވިދާޅުވީ މިކަމާ އެއްވެސް ބެލެނެވެރިޔަކު ޝަކުވާއެއް ކޮށްފައިނުވާ ކަމަށާއި މިމަދަހަ ކިޔާފައިވަނީ ދެގަޑިއިރުގެ ފަންކްޝަނެއްގެ ބްރޭކްގެ ތެރެއިން ކަމަށެވެ. ޓީޗަރަކު މަޖަލަކަށް ކިޔަފައިވާ މިމަދަހަ ރިކޯޑްކޮށް މިގޮތަށް ވައިރަލް ކުރުމުން އެކަމާ ދެރަވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މަޖަލަކައްވިޔަސް ގަސްތުގަވިޔަސް ފުރައްސާރަވާނީ ކުށަކައް ޕުރިންސްޕަލްވެސް މިހާރު ތިވަނީ އެ ފުރައްސާރައިގަ ބާއިވެރިވެވިފަ !!! ސަބަބަކީ މަޖާ ފުރައްސާރަ ކުރި މީހާ ދިފާއުކުރަން މަސައްކަތްކުރަމުންދާތީ
މަޖަލަށް ވެސް ނުކިޔޭނެ އެއްޗެހި ހުންނާނެކަން ތިޔަ ޕްރިންސިޕަލަށް ނޭނގުނީތީ ހައިރާންވަން.
އެކަމަކީ ރަނގަޅު ކަމެއްނޫން ނަމަވެސް އޭނާގެ ނިޔަތަކީ ފުރައްސާރަ ކުރުމެއް ނޫން، ކުއް ކުރެވޭނީ އިންސާނުންނަށް އެވަރު ނޭނގޭ މީހާ މިކަން ފަތުރަނީމި، ފަހަރެއްގަ ވެސް އެކުރެވުން ކަންތައް ރަނގަޅެއް ނުކުރަން
މީހުންގެ ނިއަތް އެގޭތީ ހަމަ ހައިރާންވެއްޖެ
ތިއީ ދެބަންދިހާރަވެފައި ހުރި ޕްރިންސިޕަލެއްތަ؟ މަޖަލަކަށޭ ކިޔާފައި ރަސޫލާޔަށް ފުރައްސާރަ ކުރެވޭތަ.
މަޖާ ކުރަމުން ގޮސް ޕްރިންސިޕަލްގެ އަންހެނުން ގަޔަށް އަތްފޯރުވީމަ ހަމަ ތި ޕްރިންސިޕަލް ހޭން ހުންނާނީތޯ؟ އެއީ އަހަރުމެންގެ މާތް ނަބިއްޔާ މުހައްމަދު(ސ.އ.ވ) އެއީ އަނބި މީހާ ނުވަތަ މަންމައަށް ވުރެންވެސް އަހަރުމެން ލޯބިކުރަން ޖެހޭ ފަރާތެއް.
ވަކި ސިޔާސީ ބަޔަކަށް އަޅުކަންކުރާ ބަޔަކު އުޅޭ ރަށެއް ތީ! އެބައި މީހުންނަށް މުހިއްމުވާނީ ސިޔާސީވެރިން ދެން އެއަށްފަހު އެހެން ހުރިހާކަމެއް.