ޚަބަރު
ކައުންސިލާއި ޖަމިއްޔާތަކުން ގުޅިގެން ހަފްތާއަކު އެއްފަހަރު ތިނަދޫ ސާފްކުރުމަށް ނުކުންނަނީ

ގދ.ތިނަދޫ ކައުންސިލް އިދާރާއާއި އެންޖީއޯތައް ގުޅިގެން ހަފްތާއަކު އެއްފަހަރު ރަށް ސާފްކުރުމަށް ނުކުންނަގޮތަށް ނިންމައިފިއެވެ.

ރަށް ސާފްކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން ކައުންސިލް އިދާރާގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ތިނަދޫގެ ގިނަ ޖަމްއިއްޔާތައް ވަނީ ބައިވެރިވެފައެވެ.

މިބައްދަލުވުމުގައި ރަށް ސާފްކުރުމުގެ ގޮތުން ކޮންމެ ހަފްތާއަކު ހުކުރު ދުވަހު ހަވީރު ކައުންސިލާއި ޖަމިއްޔާތަކުން ނުކުންނަ ގޮތަށް ވަނީ ނިންމާފައެވެ. އެގޮތުން ޖަމިއްޔާތަކާއި މުއައްސާތަކާއި އަދި ސްކޫލަތްކާއި ގުޅިގެން އަންނަ ހުކުރު ދުވަހު ހަވީރު 15:50 ގައި ހަރަކާތްފެށުމަށް މިބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

މިޕްރޮގްރާމްގައި ތިނަދޫގައި އޮންނަ ކުޅި ސާފްކޮށް ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެވޭނެއެވެ. ކުޅި ތަރައްޤީކޮށް އެތަން ހިތްފަސޭހަ ތަނަކަށް ހެދުމަށާއި ރަށަށް އަންނަ މެހެމާނުން އެތަނަށް ޒިޔާރަތްކޮށް ހަދާނެތީ އެތަން ސާފްތާހިރުކޮށް ބެލެހެއްޓުމަށް މަޝްވަރާ ކުރެވުނެވެ. އަދި މިމަސައްކަތް ކުރުމުގައި ކަމާއި ގުޅުންހުރި މުޢައްސަސާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކުރަންހުރި އެންމެހައި ކަންތައްތައް ކައުންސިލުންކުރާނެކަމަށާއި ރަށެއްގެ ސާފުތާހިރުކަމާއި ކުރިއެރުމަށް ޖަމިއްޔާ ޖަމާޢަތްތަކުގެ ދަޢުރު ވަރަށް ބޮޑުކަން ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އޮފީސް ފުޓްސަލް މުބާރާތާމެދު ގޮތެއް ނިންމައިދިނުމަށް ހަވަރު ސްޕޯޓްސްއިން ވަނީ ކައުންސިލުގައި އެދިފައެވެ. މިކަމާއި ގުޅިގެން ކައުންސިލުން ވިދާޅުވަނީ ދެން އޮންނަ ރަސްމީ ބައްދަލުވުމެއްގައި އޮފީސް މުބާރާތާއިމެދު ގޮތެއް ނިންމާނެކަމަށެވެ. އަދި ޖަމިއްޔާތަކުން ބާއްވާ ހަރަކާތްތައް ކަލަންޑަރެއް ހެދުމަށްފަހު އެއްޖަމިއްޔާ އަނެއް ޖަމިއްޔާއަށް ފުށޫ ނާރާނެ ފަދައިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

ހުވަދޫ ސްވިމިންގ ކްލަބްއިން ފާހަނގަކުރިގޮތުގައި ތިނަދޫގައި ހުރި ގިނަ ފަޅުގޯތިތަކުގައި ކުނިބުންޏާއި ވާހެދިފައި ހުރުމުން އެތަންތަންވެސް ސާފްކުރަން އެބަޖެހެއެވެ.

މިބައްދަލުވުމުގެ ބޭނުމަކީ ސަސްޓެއިނަބަލް ޕްރޮގްރާމްތަކެއް ބޭއްވުމާއި ކޮންމެ މަހަކުވެސް ހުއްޓުމެއް ނެތި ޕްރޮގްރާމްތައް ހިންގުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!