ޚަބަރު
ގދ. ތިނަދޫ އިން ޓީޗަރެއް ކޮވިޑް19 އަށް ފައްސިވެއްޖެ

ގދ.ތިނަދޫ އިން ސްކޫލެއްގެ ޓީޗަރަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

“ހުވަދޫ ނިއުސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް19 އަށް ފައްސިވެފައިވަނީ، ތިނަދޫގައި ހުންނަ ޕްރައިމަރީ ސްކޫލެއް ކަމުގައިވާ އަބޫބަކުރު ސްކޫލްގެ ޓީޗަރެކެވެ.

ޓީޗަރަކު ފައްސިވެފައި ވަނީ، ދަރިވަރަކު ފައްސިވުމާއި ގުޅިގެން އަބޫބަކުރު ސްކޫލުގެ އެލްކޭޖީ 1 ކްލާސްގެ ކިޔެވުން މެދުކަނޑާލައި ކަރަންޓީންކޮށްފައި ވަނިކޮށްނެވެ. ޓީޗަރެއް މިއަދު ޕޮޒިޓިވް ވެފައި ވަނީ ޢޭގެ ފަހުންނެވެ. މައުލޫމާތު ލިބޭ ގޮތުން މީގެ ކުރިން ދެ ދަރިވަރަކު ފައްސިވުމާއި ގުޅިގެން އަބޫބަކުރު ސްކޫލްގެ ގްރޭޑް 3 ން އަދި ގްރޭޑް 4ން އެއްކްލާހުގެ ދަރިވަރުން  މިވަގުތުވެސް ތިބީ ކަރަންޓީނުގައެވެ. އަދި މިވަގުތުވެސް އަބޫބަކުރު ސްކޫލްގެ 9 ޓީޗަރަކު ކަރަންޓީން ވެފައިވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މިއަދު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރަކުވެސް، ކޮވިޑް19 އަށް ފައްސިވެފައި ވުމުން، ދަރިވަރު ނިސްބަތްވާ ކްލާހުގެ ކިޔެވުން މެދުކަނޑާލައި، އެކަން ބެލެނިވެރިންނަށް ވަނީ އަންގާފައިވެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން މަޢުލޫމާތު ދީފައިވާގޮތުގައި، މިއަދު 04 ކޭސް އެއް ތިނަދޫ އިން ފައްސިވެފައިވެއެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކި 3 ފަރާތަކާއި، ކޮންޓެކްޓް ޓްރޭސިންގ ގެ 1 ކޭސް އެވެ. ފްލޫ ކްލިނިކުން ފައްސި 3 ފަރާތުން 1 ފަރާތަކީ ސްކޫލް ދަރިވަރެކެވެ.

އެންމެ ފަހުން ތިނަދޫއިން ކޮވިޑަށް މީހަކު ފައްސިވެފައިވަނީ އިއްޔެއެވެ. ތިނަދޫއިން ޖުމްލަ 996 މީހަކު ކޮވިޑަށް ފައްސިވެފައިވާ އިރު މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 03 އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!