ޚަބަރު
ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މީހާއަށް ފިޔަވަޅު އަޅަން ގޮވާލައިފި

މަޖަލަކަށް ހަދާފަވިޔަސް ނުވަތަ މައިކް ޓެސްޓުކުރުމަށް ވިޔަސް ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި އެފަދަ އަމަލެއް ހިންގި މީހަކާމެދު ފިޔަވަޅު އަޅަން ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު ގޮވާލައިފިއެވެ.

ށ.ފޯކައިދޫ ސްކޫލުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން އެސްކޫލުގެ ޓީޗަރަކު މައިކު ޓެސްޓު ކުރުމަށް ކިޔާފައިވާ މަދަހައިގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ މައްސަލައެއް މިއަދު ވަނީ ފެންމަތިވެފައެވެ.

މިމައްސަލަ އާއި ގުޅިގެން ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މައިކް ޓެސްޓު ކުރަން ވިޔަސް، މަޖަލަކަށްވެސް ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި އެއީ ބޮޑުވެގެންވާ ޙަރާމް ކަމެއް ކަމަށެވެ. އަދި މިފަދަ އަމަލެއް ހިންގި މީހަކާމެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

މިމައްސަލައިގައި އެސްކޫލްގެ ޕްރިންސިޕަލް ވިދާޅުވެފައިވަނީ އެއީ އެޓީޗަރު މަޖަލަކަށް ކިޔާފައިވާ މަދަހައެއް ކަމަށެވެ. އޭނަ ގަސްތުގައި ކުރި ކަމެއް ނޫންކަމަށެވެ.

ސްކޫލްގެ ދަރިވަރުންނާއި ބެލެނެވެރިންގެ ހާޒިރުގައި ކިޔާފައިވާ މަދަހައިގެ ފުރަތަމަ ކަޑި ރަނގަޅަށް ކިޔުމަށް ފަހު ދެވަނަ ކަޑީގައި ކިޔާފައިވަނީ މުޅިންވެސް އެހެން ވާހަކަތަކެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!