ޚަބަރު
ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗަށް މާދަމާއިން ފެށިގެން ޓިކެޓް ވިއްކަނީ

ސާފް ޗެމްޕިއަންޝިޕްގެ މެޗްތަކަށް މާދަމާއިން ފެށިގެން ޓިކެޓް ވިއްކަން ފަށާނެކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވި ގޮތުގައި މާދަމާ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ އޮކްޓޫބަރމަހު 1 ވަނަ ދުވަހު އޮންނަ މެޗްތަކަށް އެކަނި ކަމަށާއި ޓިކެޓް ދޫކުރެވޭނީ ވެކްސިން ކާޑާއި އައިޑީކާރޑް ހުށަހެޅުމުން ކަމަށެވެ.

އެޗްޕީއޭގެ ޤަވައިދުތަކާއި އުސޫލްތަކާއި އެއްގޮތަށް ދެޑޯޒް ހަމަނުވާ ބޭފުޅުންނަށް ޓިކެޓް ނުވިއްކާނެއެވެ. އެހެންކަމުން ޓިކެޓް ނަގަން ވަޑައިގަންނަވާއިރު ވެކްސިންގެ ދެޑޯޒް ހަމަވެފައި ހުރިކަން އަންގައިދޭ ކާޑް ބޭނުންވާނެއެވެ.

އޮކްޓޫބަރ 1 ގައި ދެމެޗް ތާވަލްކުރެވިފައިވާއިރު ހަވީރުކުޅޭ މެޗުގައި ވާދަކުރާނީ ސްރީލަންކާ އާއި ބަންގްލަދޭޝްއެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ދިވެހި ރާއްޖެ ވާދަކުރާނީ ނޭޕާލާއެވެ. އޭގެފަހުގައި ދެން ކުޅޭ މެޗް އޮންނާނީ އޮކްޓޫބަރ 7 ވަނަ ދުވަހުގައެވެ. އެމެޗަށް ޓިކެޓް ވިއްކަން ފަށާނީ އޮކްޓޫބަރ 5 ވަނަ ދުވަހުން ފެށިގެންނެވެ. މީގެ އިތުރުން އޮކްޓޫބަރ 10 ވަނަ ދުވަހު ރާއްޖެ އާއި ލަންކާ ކުޅޭ މެޗްގެ ޓިކެޓް ވިއްކާނީ އޮކްޓޯބަރ 8 އަދި 9 ވަނަ ދުވަހުގައި ކަމަށް އެފްއޭއެމުން ވަނީ އަންގާފައެވެ.

މިމެޗްތަކުގައި ކުޅޭ ޤައުމުތަކުގެ ސަޕޯޓަރުންނަށް ޓިކެޓް ދޫކުރެވޭނީ ވަކި އަދަދަކަށް ކަމަށާއި ހުރިހާ ބޭފުޅުންވެސް ޓިކެޓް ނަގަން ވަޑައިގަންނަވާއިރު އައިޑީކާޑާއި ވެކްސިން ކާޑު ގެންނަން ވާނެ ކަމަށް ޖަވާ ވިދާޅުވިއެވެ. ޓިކެޓް ކިއު ހެދުމުގައި ގައިދުރުކަން އިސްކޮށް އެންމެންގެ ވެސް ސަލާމަތަށް، ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެފްއޭއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!