ކުޅިވަރު
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ފައިނަލް ސްކޮޑް އިއުލާންކޮށްފި

މި ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ފައިނަލް ސްކޮޑް އިއުލާންކޮށްފިއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 1 ން 16 ގެ ނިޔަލަށެވެ.

29 ކުޅުންތެރިންނާއެކު މިމަހު 10 ގައި ގަތަރަށް ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށްފަހު ގައުމީ ޓީމު އެނބުރި ރާއްޖެ އައިސްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެވެ. މުބާރާތުގެ ފަރިތަކުރުންތައް ގައުމީ ޓީމުން އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ފެށިއިރު ޕްރިލިމިނަރީ ސްކޮޑްގައި 34 ކުޅުންތެރިން ތިބި އެވެ. ނަމަވެސް ގަތަރު ކޭމްޕަށް ދިޔައީ 29 ކުޅުންތެރިންނެވެ.

ގަތަރު ކޭމްޕަށް ދިޔަ 29 ކުޅުންތެރިންގެ ތެރެއިން 5 ކުޅުންތެރިއަކު ސްކޮޑުން އުނިކުރުމަށްފަހު މިހާރު ވަނީ މުބާރާތުގައި ވާދަކުރާ ފައިނަލް ސްކޮޑް އިއުލާންކޮށްފައެވެ. 24 ކުޅުންތެރިންނާއެކު ފައިނަލް ސްކޮޑް އިއުލާންކޮށްފައިވަނީ އެފްއޭއެމުން މިދިޔަ އާދިއްތަ ދުވަހުގެ ރޭއެވެ.

ސްކޮޑުން ވަކިކޮށްފައިވަނީ 3 ޑިފެންޑަރުންނާއި މިޑްފީލްޑަރެއްގެ އިތުރުން ފޯވާޑެކެވެ. އެއީ އަލީ ޝާމިސް (ތޮއްޕޭ)، އަހްމަދު އަބްދުﷲ (ލިލީ)، މޫސާ ޔާމީން (ޔާމްބެ)ގެ އިތުރުން އަސްފަދު ހަބީބު (މުލަކޭ) އާއި ހަސަން ނަޒީމް (ޗޯޓު) އެވެ.

ރާއްޖޭގެ ޤައުމީ ޓީމްގެ ސްކޮޑް

ގޯލް ކީޕަރުން: މުހައްމަދު ފައިސަލް، މުހައްމަދު ޝަފީއު (ޗެކް) އަދި އަލީ ނާޖިހު.

ޑިފެންޑަރުން: އަހްމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހައިޝަމް ހަސަން (ބިޑި) ، އަކުރަމް އަބްދުލް ޣަނީ (އަކޫ) އަދި ސަމޫހު އަލީ (ސަމުއްޓެ) އާއި ގާސިމް ސައްމާމް (ސައްމެ) އެވެ.

މިޑްފީލްޑަރުން: އައްސަދު އަލީ (އަޑުބަރޭ)، އިބްރާހިމް އައިސަމް، މުހައްމަދު އުމެއިރު އަދި މީގެ އިތުރުން ހުސެއިން ނިހާނު (ނިހާޓް)، ހަމްޒާ މުހައްމަދު (ހަމްޕު)، އިސްމާއިލް އީސަ (މެސީ) އާއި އިބްރާހިމް ވަހީދް ހަސަން (އިއްބެ) އެވެ.

ފޯވާޑުން: ހަސަން ރާއިފް އަހްމަދު (ހަންނަ)، މުހައްމަދު ނާއިމް، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އަލީ ފާސިރު (ސެންޓޭ)، އަދި އަލީ އަޝްފާގު (ދަގަނޑޭ) އާއި ނާއިޒް ހަސަން (ދާދު) އާއި އަލީ ހައިޝަމް (ޗުމްޕު) އެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!