އިންޑިޔާގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރގައި ބައިވެރިވެ ރާއްޖޭގެ ފަރާތުން ރޯޑްޝޯވއެއް ހުށަހަޅާފައިވާކަމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން (އެމްއެމްޕީއާރިސީ) އިން ހާމަކޮށްފިއެވެ.
އިންޑިޔާގެ ފަތުރުވެރިން ރާއްޖެ އައުން އިތުރުކުރުމަށްޓަކައި ރޯޑް ޝޯވްއަކާއި އެކު ރާއްޖެއިން އެފެއަރގައި ބައިވެރިވާން ނިންމާފައިވާކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އިންޑިއާގެ އަޙްމަދުއާބާދުގެ ނޮވޮޓެލް ހޮޓެލްގައި ކުރިޔަށް ގެންދިޔަ ރޯޑް ޝޯވގައި އަންސަނާ ރިޒޯޓު އެންޑް ސްޕާ މޯލްޑިވްސް، އަދާރަން ރިޒޯޓްސް، ވަން އެބަލް ޓްރެވަލް މޯލްޑިވްސް އަދި ކިހާ މޯލްޑިވްސް ރިޒޯޓްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.
މީގެއިތުރުން މުމްބާއީގެ ނެހްރޫ ސެންޓަރ ވޯލީގައި މާދަމާ ބާއްވަން ހަމަޖެހިފައިވާ އެންމެ ބޮޑު ފެއަރ ޓްރެވަލް އެންޑް ޓުއަރިޒަމް ފެއަރގައި ޓީޓީއެފްގައި އެމްއެމްޕީއާރުސީއާއި އިންޑަސްޓްރީގެ ފަރާތްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިފެއަރގައި ޤައުމީ އެއަރލައިން – އައިލޭންޑް އޭވިއޭޝަން ސާރވިސަސް، ދިގުފަރު އައިލެންޑް ރިޒޯޓް، ޓާޓާބައި މޯލްޑިވްސް، ވަން އެބަވާ ޓްރެވެލް މޯލްޑިވްސް، ކިހާ މޯލްޑިވްސް، އައިލެންޑް ލައިފް ޓްރެވަލް އަދި އެޓްމޮސްފެއަރ ހޮޓެލްސް އެންޑް ރިޒޯޓްސް ބައިވެރިވާނެކަމަށް އެމްއެމްޕީއާރުސީން ވަނީ މައުލޫމާތުދީފައެވެ.
އެކުންފުނިން ބުނާގޮތުގައި މިކަހަލަ ފެއަރތަކުގައި ބައިވެރުވުމުން އެޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުންތައް ބަދަހިވެ އެޤައުމުގެ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުވެގެންދާނެއެވެ. އަދި މިފެއަރގައި ފަތުރުވެރިކަމާއިބެހޭގޮތުން އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދެވޭނެކަމަށެވެ.
މިމަހުގެ މިހާތަނަށް ބަލާއިރު މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިޔާއިންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންޑިޔާއަކީ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.