ޚަބަރު
ޕީސީއާރު ޓެސްޓު ނަހަދައި ދަތުރު ކުރެވޭ ރަށްތަކުގެ ލިސްޓުގައި ފުވައްމުލައް ސިޓީ ހިމަނައިފި

ކޮވިޑް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭ ރަށްތަކުގެ ލިސްޓަށް ފުވައްމުލައް ސިޓީ ހިމަނައިފި އެވެ.

އެޗްޕީއޭގެ ގަވާއިދުގައިވާ ގޮތުން ވެކްސިން ޖަހާ އުމުރުފުރައިގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށްތަކަށް ޕީސީއާރު ޓެސްޓްއަކާއި ނުލާ ދަތުރުކުރެވޭއިރު މިލިސްޓުގައި މިހާރު ވަނީ ފުވައްމުލަކާއި އެކު ޖުމްލަ 88 ރަށް ހިމެނިފައެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ޕީސީއާރު ޓެސްޓް އަކާއި ނުލާ ދަތުރުކުރުމުގެ ހުއްދަ ލިބިފައިވާ ރަށްތަކަކީ 12 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޖަހާފައި ވުމާއި އެކު 65 އަހަރުން މަތީގެ މީހުންގެ ވެސް 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށްތަކެވެ.

މި މިންގަނޑަށް ފެތިފައިވާ އިތުރު ރަށްތަކެއް މިއަދު އެޗްޕީއޭއިން އިއުލާން ކޮށްފާވާއިރު ފުވައްމުލަކު ސިޓީއަކީ އެ ލިސްޓުގައި ހިމެނޭ އެންމެ އާބާދީ ބޮޑު ރަށްކަން ފާހަގަ ކޮށްލެވެެއެވެ.
ކޮވިޑް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭ ރަށްތަކުގެ ލިސްޓަށް ފުވައްމުލައް ސިޓީ އެކު ގިނަ ރަށް ތަކެއް ހިމެނިފައިވާއިރު
ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް އާންމު ރޯގާ ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މެމްބަރު ޑރ. ނަޒްލާ މުޞްޠަފާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!