ޚަބަރު
ހޯނޑެއްދޫ ކައުންސިލުން މޫދުގައި މުރަކައިގެ ބަގީޗާއެއް ތަރައްޤީ ކުރަނީ

ހޯނޑެއްދޫ “ކޮރަލް ގަރޑަން” ނަމުގައި ހޯނޑެއްދޫ ކައުންސިލުން އިސްނަގައިގެން މޫދު އަޑީގައި މުރަކައިގެ ބަގީޗާއެއް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ކައުންސިލުން އިސްނަގައިގެން ތަރައްޤީކުރާ މުރަކައިގެ މި ބަގީޗާގެ މަސައްކަތް 2 އަހަރުން ނިންމަން ވަނީ އަމާޒު ހިފާފައެވެ. މިއީ ހޯޑެއްދޫގައި ފަތުރުވެރިކަން ފުޅާކުރުމުގެ ތަސައްވުރުގެ ޕްލޭންގެ ދަށުން ފާއިތުވީ ހަފުތާ ބަންދުގައި ފެށިގެން ދިޔަ މަސައްކަތަކެވެ.

ހޯޑެއްދޫ ކޮރަލް ގާރޑެންގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: ހޯޑެއްދޫ ކައުންސިލް

ހޯޑެއްދޫ ކައުންސިލުން ތަރައްޤީކުރާ ކަނޑު އަޑީގެ މުރަކައިގެ ބަގީޗާ އާއި ގުޅޭ ގޮތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ހޯނޑެއްދޫ ރައީސް ހުސައިން ވާރިޝް ވިދާޅުވީ ކައުންސިލުން އިސް ނަގައިގެން ފެށި މި މަސައްކަތަކީ ރަށުގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ރަށުގެ ދެކުނުފަރާތު ފަޅު ތެރޭގައިވާ ވިލުގެ ސަރަހައްދަކުން ބައެއް ގައި ހިތްގައިމު މުރަކަ ބަގީޗާ އެއް ހެދުމަށް ފެށި މަސައްކަތެއް ކަމަށާއި މި މަސައްކަތުގައި ރަށުގެ ޖަމްޢިއްޔާތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ރަށުގައި މަސައްކަތްކުރާ ނުވަތަ ޚިދުމަތްދޭ ކުންފުނިތަކާ ހޯނޑެއްދޫ ގައި ލޯކަލް ޓުއަރިޒަމް ތަރައްޤީ ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ބައެއް ޢާންމުން ބައިވެރިވާކަމަށެވެ.

ރައީސާ ވާރިޝް ވިދާޅުވީ ރަށާ 200 ވަރަކަށް މީޓަރު ދުރުގައިވާ “ކޯމަހާލީ ވިލާ” ގެ އަޑީގައި އެންމެ ފަހުން ކުރި މަސައްކަތުގައި މުރަކަ އިންދުމުގެ އިތުރުން ދަނގަޑުން ހަދާފައިވާ ފްރޭމެއްގައި ރަށުގެ ނަން އަޅައި އޭގައި ވެސް މުރަކަ އާލާ ކުރުމަށް ކުދި މުރަކަ އިންދާފައި ވާ ކަމަށެވެ.

” ހޯނޑެއްދޫ ކޮރަލް ގަރޑަން ގައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތް އެބަހުރި. އެހެންކަމުން ހުއްޓުމެއްނެތި ޝެޑިއުލް ކުރެވިގެން މަސައްކަތް ކުރިޔަށް ގެންދާނެ. އަދި މައުލޫމާތު ދިނުމާއި ހޭލުންތެރި ކުރުމުގެ ދަށުން ސްކޫލް ދަރިވަރުން ވެސް ބައިވެރި ކުރާނެ” ހޯނޑެއްދޫ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް މަޢުލޫމާތު ދީފައިވާގޮތުގައި، މޫދުގެ 3 މީޓަރު އަޑީގައި ތައްޔާރު ކުރާ ޕާކް ވެގެންދާނީ އެތަނެއް ބަލާލުމަށް މަޖުބޫރު ވާފަދަ ރީތި އަދި ވަކި އުޞޫލަކާއި ހަމަތަކެއްގެ މަތިން ހިނގާ ބެލެހެއްޓޭނެ ތަނެއް ކަމަށާއި މި އީ ލޯކަލް ޓުވަރިޒަމް ހިންގުމަށް އެރަށުން ކުރަމުންދާ މަސައްކަތަށް ލިބިގެން ދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މީގެ ކުރިން ވެސް ހޯނޑެއްދޫ ޖަމްޢިއްޔާ އަކުން ވަނީ އެ ސަރަހައްދުގައި މުރަކަ އިންދާ އާލާ ކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ހިނގާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމަސައްކަތް ވެފައި ވަނީ ކާމިޔާބު މަސައްކަތަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!