ޚަބަރު
ނެގެޓިވް ނަތީޖާއަކާ އެކު ލަންކާއަށް ދާ ނަމަ އަލުން ޓެސްޓް ހަދަން ނުޖެހޭ

ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން، ޕީސީއާރް ނެގެޓިވް ނަތީޖާއަކާ އެކު ސްރީ ލަންކާއަށް ދާ ނަމަ އަލުން ޕީސީއާރް ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެހެން ގައުމުތަކުން ލަންކާއަށް އެތެރެވޭ އެ ގައުމުގެ މީހުންނާއި އެހެން ގައުމުތަކުގެ މީހުންނަށް ވެސް ހިނގާ މި އުސޫލަށް ރޭ ދަންވަރު 12:00 އިން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

ވެކްސިން ފުރިހަމަނުކޮށް ލަންކާއަށް އެތެރެވާ އެހެން ގައުމުތަކުގެ މީހުންނަށް އެ މީހަކު ހުންނަ ހޮޓަލަކާ ހިސާބަށް ދިއުމުގެ އިންތިޒާމު ހަމަޖައްސައިދީ އެ ހޮޓަލަކުން ޓެސްޓުކުރެވޭނެ ކަމަށް ވެސް ވަނީ ނިންމައިފަ އެވެ. ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ ލަންކާ މީހުން ގައުމަށް އެތެރެވުމާ އެކު އެއާޕޯޓުން ނުވަތަ ހޮޓަލުން ޕީސީއާރް ޓެސްޓް ހަދައިދޭނެއެވެ.

މީގެއިތުރުން، ޓެސްޓްގެ ނަތީޖާ ނެގެޓިވް ނަމަ ގޭގައި ކަރަންޓީނު ވެވޭނެ އެވެ. ކަރަންޓީނުން ދޫކޮށްލާނީ 12 ދުވަސް ފަހުން އަލުން ޓެސްޓުކޮށް ނެގެޓިވް ނަމަ އެވެ.

މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ލަންކާ އިން ވަނީ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގައި ޕީސީއާރް ޓެސްޓްކުރެވޭނެ ބޮޑު ލެބެއް ހަދައިފަ އެވެ. އެތަނުން ތިން ގަޑިއިރު ތެރޭ ނަތީޖާ ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ. މިއީ ގަޑިއަކު 500 އަދި ކޮންމެ ދުވަހަކު 7،000 ޓެސްޓް ހެދޭ ލެބެކެވެ. މިތަނުން ޓެސްޓުކޮށްދެނީ 40 ޑޮލަރަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!