ޚަބަރު
މޯލަޑިވިއަން ފްލައިޓެއްގެ ޑޫޑުލް ކުރަހައިގެން އިންޑިޔާގެ ދެކޮޅު ޓިކެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަންގެ ފްލައިޓެއްގެ ފޮޓޯ ޑޫޑުލްކޮށްގެން އިންޑިޔާ ދެކޮޅު ޓިކެޓް ހޯދުމުގެ ފުރުސަތު މޯލްޑިވިއަންއިން ހުޅުވާލައިފިއެވެ.

މޯލްޑިވިއަންގެ ފޭސްބުކްޕޭޖް މެދުވެރިކޮށް ކުރިޔަށް ގެންދާ މިފުރުސަތުގައި ހޮވޭ ފަރާތަކަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީ ދަތުރެއް ލިބިގެންދާނެއެވެ.

މޯލްޑިވިއަން ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވިގޮތުގައި މިފުރުސަތު ހުޅުވާމުގެ ބޭނުމަކީ މޯލްޑިވިއަނުން ނިއުދިއްލީއަށް ފެށުމަށް ހަމަޖެހިފައިވާ ދަތުރުތައް އިޝްތިހާރުކުރުން ކަމަށާއި މިމުބާރާތުން އެއް ވަނައަށްދާ މީހަކަށް ދިއްލީ ދެކޮޅު ދަތުރުގެ ދެ ޓިކެޓާއި ތިން ދުވަހުގެ ހުރުން ހަމަޖެހޭނެ ކަމަށެވެ. އަދި އެއްވަނައަށް ދާ ފަރާތް އަންނަ މަހު 10 ވަނަ ދުވަހު ހޮވާނެކަމަށް މޫސާ ވަސީމް ވިދާޅުވިއެވެ.

ގިނަބަޔެއްގެ ކުރެހުމުގެ ހުނަރު ފެނިގެންދާނެ މިމުބާރާތުގައި ބައިވެރިވުމަށް މޯލްޑިވިއަންގެ ފޭސްބުކް ޕޭޖުގައި ވާ ޕޯސްޓުގައި އިން ފްލައިޓުގެ އެއްބައި ކުރަހާފައިވާ ފޮޓޯ އެއްކޮށް ޑޫޑުލްކޮށް ފުރިހަމަ ކުރުމަށްފަހު އެޑޫޑުލް ކުރާ ފޮޓޯ އެ ޕޯސްޓުގައި ކޮމެންޓެއް ގޮތަށް ޕޯސްޓު ކުރަން ޖެހެއެވެ. އެއްވަނައަށް ހޮވޭނީ އެންމެ ގިނަ ކޮމެންޓާއި ރިއެކްޓު ހޯދާ ކުރެހުމެކެވެ.

އޮކްޓޫބަރ 21 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ތިންދުވަހު މޯލްޑިވިއަންގެ ފްލައިޓެއް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން ނިއުދިއްލީއަށް ދަތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Comment