ގދ ހޯނޑެއްދޫ ގައި ހިނގާ ޖަމްޢިއްޔާ އެއް ކަމުގައިވާ ކާއްޑޭ ސްޕޯޓްސް އެކަޑަމީގެ ކުދިން އިއްޔެ ހަވީރު އެރަށުގެ ބޯޅަދަނޑު ސާފް ކޮށްފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ކާއްޑޭ ސްޕޯޓްސް އެކަޑަމީގެ ޓެކްނިކަލް ޑައިރެކްޓަރ އާދަމް ލަރީފް ( ރޮނާ) ވިދާޅުވީ އިއްޔެގެ 4 ޖެހި އިރު އެ އެ ކަޑަ މީގައި މިހާރު ހިނގަމުންދާ ފުޓްބޯޅަ ތަމްރީނުގައި ބައިވެރިވެފައިވާ 40 ކުދިން ބައިވެރިވެ ކުރިޔަށް ގެންދިޔަ ސާފް ކުރުމުގައި ހޯނޑެއްދޫ ފުޓުބޯޅަ ދަނޑުގެ ބޭރާއި އެތަނުގައި ހުރި ހުރިހާ ކުންޏެއް ނަގާ ސަފް ކޮށްފައިވާ ކަމަށާއި ވަރަށް ގިނަ ކުނި ނަގައި އެއްކޮށް ސާފު ކޮއްފައިވާކަމަށެވެ.
” މިއީ އެކަޑަމީގެ ފަރާތުން ހިންގުން ޕްރޮގްރާމެއް. މިފަދަ އިތުރު ހަރަކާތްތައް ކުރިޔަށް އޮތްތާނގައި ވެސް ކުރިޔަށް ގެންދާނެ. ބޭނުމަކީ ކުޅިވަރު މާޙައުލުތައް ސާފުކޮށް ރީތިކޮށް ބޭއްވުމުގެ އާދަ މި މުޖުތަމައުގައި ހަރުލެއްވުމާއި މިހާރު އެކަޑަމީގައި ތިބި ދަރިވަރުންނަށް އެކަން ދަސްކޮށް ދިނުން. ކުޅިވަރަކީ ހަމައެކަނި ބޯޅު ކުޅުން އެކަނި ކޮށްގެން ކުރިއަރާ އެއްޗެއް ނޫން. އަޚްލާޤާއި ސުލޫކު ވެސް ހުންނަންޖެހޭ.” ރޮނާ ވިދާޅުވިއެވެ.
ގދ ހޯނޑެއްދޫގައި ވަރަށް ޙަރަކާތްތެރިކޮށް ހިނގާ ޖަމްޢިއްޔާ އެއް ކަމުގައިވާ ކާއްޑޭ ސްޕޯޓްސް އެކަޑަމީގައި މިވަގުތު 13 އަހަރުން ދަށުގެ 40 ކުދިން އެ ޖަމްޢިއްޔާ އިން ހިނގަމުންދާ ފުޓްބޯޅަ ކުޅެން ދަސްކޮށްދިނުމާއި ކުޅިވަރާއި ކަސްރަތު ޕްރޮގްރާމްގަައި ބައިވެރިވެ ދަނީ ތަމްރީނު ހޯދަމުންނެވެ. އެ ޕްރޮގްރާމް ހިންގަން ފެއްޓިފަހުން ހޯނޑެއްދޫގައި ދިރިއުޅޭ ކުޑަކުދިންގެ ފުޓްބޯޅަ ހުނަރުވެރިކަން ރަނގަޅުކަން ފުޓްބޯޅައިގެ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.