ޚަބަރު
ހާހަކަށް ކޭސްތައް އަރައި، އަތޮޅުތެރެއިން އެންމެ ގިނަ ކޮވިޑް ކޭސް ރިޕޯޓް ކުރެވުނު އެއް ރަށަކަށް ތިނަދޫ

ގދ. ތިނަދޫން އިތުރު ދެ މީހަކު ކޮވިޑް-19 އަށް މިއަދު ފައްސިވެ ތިނަދ\ޫން މި ބަލި ޖެހުނު މީހުންގެ އަދަދު 1000 އަށް އަރައިފިއެވެ.

ތިނަދޫން ކޮވިޑްގެ ކޭސްތައް ނުފެނި ދުވަސްތަކެެއް މަދުކޮށް އޮތުމަށް ފަހު އަނެއްކާވެސް ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ.

އެޮގޮތުން މިދިޔަ ހޯމަ ދުވަހު އެރަށުން ހަތަރު މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި އިއްޔެ އެއްވެސް މީހަކު ފައްސިވެފައިނުވާއިރު، މިއަދު ދެ މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

ހޯމަ ދުަވަހު އެރަށުން ފައްސިވި ހަތަރު މީހުންނަކީ ފްލޫ ކްލިނިކަށް ދެއްކި ތިން މީހަކާއި، ކޮންޓެކްޓް ޓްރޭސިންގ އިން ނެގި ސާމްޕަލަކުން ފައްސިިވި މީހެކެވެ. މިއަދުވެސް ފައްސިވެފައި ވަނީ ފައްސިވި މީހުންނާއި ކޮންޓެކްޓް ޓްރޭސިން އިން އިން ފައްސިވި ދެ މީހެކެވެ.

މިއަދު ފައްސިވި މީހުންނާއެކު ތިނަދޫ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 1000 އަށް އަރާފައިވާއިރު، އޭގެ ތެރެއިން ފަރުވާދެމުން ދަނީ 10 މީހަކަށެވެ. އޭގެ ތެރެއިން އެކަކަށް ފެސިލިޓީގައި ފަރުވާދެމުން އެބަދެއެވެ.

ތިނަދޫއަކީ އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ކޭސްތައް ފެނުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. އަދި ތިނަދޫން ކޮވިޑްގައި ހަަތަރު މީހަކު ނިޔާވެފައި ވެއެވެ.

Comment