ޚަބަރު
މެމްބަރާއެކު ފުރަން ދާ “ފްރެންޑް” އަށް ވެސް ވީއައިޕީ ޚިދުމަތް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއެކު އެއާޕޯޓަށް އެބޭފުޅުންގެ ރައްޓެހިންނަށްވެސް ވީއައިޕީ ލައުންޖުން މަޖިލީހުގެ ޚަރަދުގައި ހިދުމަތް ލިބޭ ގޮތަަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލިސް ތަޅުމުގައި ވޯޓްލާންވެސް ނުޖެހޭ މި ނިންމުން ނިންމާފައިވާއިރު މިގޮތަށް ނިންމާފައިވަނީ އެއްބަނޑު އެއްބަފާ މީހަކާ އެއްކޮށް ދަތުރުކުރާއިރު ވެސް ވަކިން ދާން ޖެހޭތީ ބައެއް މެންބަރުންގެ ޝަކުވާ ކޮމިޓީއަށް ލިބިފައިވާތީކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ހޯއްދެވުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ސިއްރު ކޮމިޓީ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އަދި މިބައްދަލުވުމުގައި މަޖިލީހުގެ މެންބަރުންނަށް ދެވޭނެ ހިދުމަތްތައް ދިރާސާކޮށް ގޮތް ނިންމުގެ ބާރު މަތިކޮށްފައިވާ އާންމު ކޮމިޓީން ވަނީ މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް މިހާރު ލިބޭ ލައުންޖުގެ ހިދުމަތުގެ އިތުރުން، އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެ ހިދުމަތް ލިބޭ ގޮތަަށް ނިންމާ ފާސްކޮށްފައެވެ.

ކުރިން އޮންނަ ގޮތުން މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެއެވެ. މި އުސޫލުގެ ދަށުން މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ހިދުމަތަށް ބިލު ކުރާނީ މަޖިލީހަށެވެ.

މަޖިލީހުގެ ވެބްސައިޓުގައިވާ ގޮތުން، މެންބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުގެ ޚިދުމަތް މިހާރު މަޖިލީހުގެ މެންބަރަކާއެކު ފުރަން ދާ އޭނާގެ ރަށްޓެހިންނަށްވެސް ލިބޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!