ޚަބަރު
އިސްލާމް ދީނަށް އުނިކަމަށް އައިސްދާނެ ވާހަކައެއް ދެކެވުމުން އެކަމަށް އަޅުގަނޑު ތައުބާވެއްޖައިން – ޖާބިރު

ދީނީ މިންގަނޑުތަކުން ބޭރުވެ، ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލި މައްސަލާގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމާއެކު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މާފަށް އެދި ތައުބާވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލާ ގުޅޭގޮތުން އިއްޔެގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވެފައިވަނީ، ގުރުއާން ތަހުޒީބު ކަމަށާއި ﷲ ވޮޑިގެންވާކަމަށެވެ. އަދި ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން ކަމަށާއި، މިރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތްކަމަށެވެ. އަދި އެންމެން ނަމާދުކުރުމަށް ގޮވާލާ އޭނާވަނީ އެހެން ދީންތަކަށްވެސް މިރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތުގެ މައްޗަށް މިގައުމުގައި އެހެން ދީންތަކުގެ މީހުންނަށް އައިސް ނަމާދުކޮށް އުޅެވެން ޖެހޭ ގޮތް އުފައްދަން ޖެހޭ ކަމަށް ބުނެފައެވެ.

ޖާބިރުގެ މިވާހަކަތައް ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުން ކުށްވެރިކޮށްފައިވާއިރު، ގިނަ ބަޔަކު ދަނީ ޖާބިރު ދެއްކި ވާހަކަތަކުގެ ސަބުން އޭނާ ވަގުތުން ހައްޔަރުކުރަން ޖެހޭ ކަމަށް ބުނެ މީސްމީޑިއާގައި އަޑުއުފުލަމުންނެވެ.

ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ޖާބިރު ގޮވާލުމުން އެކަން އިސްލާމިކް މިނިސްޓްރީންނާއި ފަތުވާ މަޖިލީހުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި އޭނާއަށް ފިޔަވަޅު އެޅުމަށް ދީނީ އިލްމުވެރިންވެސް ވަނީ ގޮވާލާފައެވެ.

ފާޑުކިއުންތައް އަމާޒުވަމުންދާތީ، އޭނާ ވަނީ މިހާރު ދެކެވުނު ވާހަކަތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ. އެގޮތުން އޭނާ ވިދާޅުވީ، އެފަދައިން ވިދާޅުވެވުނީ ޖޯޝުގައި ކަމަށާއި އަދި މި ގައުމުގައި އެހެން ދީންތަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެ މަޖިލީހުގައި ދެއްކެވި ވާހަކަތައް އަނބުރާ ގެންދަވައިފަ އެވެ.

އަޅުގަނޑަށް އެހެން ބުނެވުނީ ޖަޒުބާތުގައި. ވަރަށް ބޮޑަށް މާފަށް އެދެން. ޖާބިރު ދެން އެކަހަލަ ވާހަކައެއް ނުދައްކާނެ. އިސްލާމް ދީނަށް އުނިކަމަށް އައިސްދާނެ ވާހަކައެއް ދެކެވުމުން އެކަމަށް އަޅުގަނޑު ތައުބާވެއްޖައިން. އަޅުގަނޑުގެ ތައުބާ ގަބޫލުކުރައްވައި، ކުރެވެނު ކުށަށް މާފުކުރައްވާށި. އާމީން.

ޖާބިރު މިއަދު މާފަށް އެދިވަޑައިގެންފައިވާއިރު، އޭނާ ދެއްކެވި ވާހަކަ މަޖިލީހުގެ އިދާރާގެ އިސްނެގުމާއެކު އަންނަނީ ބަލަމުންނެވެ.

އެގޮތުން، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އެ ދީނަކީ ރާއްޖޭގެ ގާނޫނުގެ އެންމެ މައިގަނޑު މަސްދަރުގެ އިތުރުން އިސްލާމް ދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެކަމަށް ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ސާފުކޮށް ބުނެފައި ވެ އެވެ.

އެހެންކަމުން، ޖާބިރާމެދު އެއްވެސް ފިޔަވަޅެއް އެޅޭނީ އޭނާ ދެއްކެވި ވާހަކަ އިސްލާމްދީނުގެ އަސްލަކާ ހިލާފުކަމަށް ކަނޑައެޅިއްޖެނަމަ އެވެ.

އެ މައްސަލައާ ގުޅޭގޮތުން، މަޖިލީހުގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުލްލަތީފް ވިދާޅުވީ ޖާބިރު ދެއްކެވި ވާހަކަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ވެސް އެހެން މެމްބަރުންނާ ހިލާފަށް އުޅުއްވާ ޖާބިރުގެ އަމަލުތައް މިފަހުން ވަނީ މާބޮޑަށް ގޯސްވެފަ އެވެ. އެގޮތުން ޖާބިރު މީސްމީހުންނާ ފޯނުން ގުޅުއްވައި ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވާ އޯޑިއޯތަކެއް ލީކުވެފައިވާއިރު މަގުމަތީގައިވެސް ޖާބިރުގެ އަމަލުތައް ފެންނަމުންދަނީ އެހާ ރަނގަޅަކަށް ނޫންކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!