ކޮވިޑު ވެކްސިންގެ 3 ވަނަ ޑޯޒެއް ރާއްޖޭގައި ޖަހަން ފެށުމުގެ މަސައްކަތް ފަށައިފި އެވެ.
އެޗްޕީއޭއިން ވިދާޅުވީ، މިވަގުތު ބޫސްޓަރ ޝޮޓެއްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފާއިޒާ ވެކްސިން ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ދެ ޑޯޒް ހަމަ ކުރިތާ ހަ މަސްވެފައިވާ މަތީގައި ދެންނެވުނު ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެގޮތަށް ނިންމާފައިވަނީ ކަމާބެހޭ ގޮތުން މިހާތަނަށް ކުރެވިފައި ހުރި ދިރާސާތަކަށް ބެލުމަށް ފަހު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން އިތުރަށް ވިދާޅުވީ، ބަލި ޖެހުމުގެ ނުރައްކާ ބޮޑު ފަރާތްތަކުގެ ތެރޭގައި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލި ކަށި މީހުން ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ، ކޮވިޑް-19 ތިންވަނަ ޑޯޒެއް ޖެހުމަށް ނިންމާފައިވަނީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަނުންގެ ލަފާގެ މަތިން ކަމަށެވެ.
ކޮވިޑް-19ގެ ވެކްސިންގެ އިތުރު ޑޯޒު ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތަކަކީ:
- 60 އަހަރުން މަތީގެ މީހުން
- ދިފާއީ ނިޒާމު ބަލި ކަށި މީހުން
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ތިން ލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ މީހުންވަނީ ފުރިހަަމަކޮށްފައެވެ. ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ހިންގާއިރު، ރާއްޖެއަށް ލިބިފައިވާ ކޮވިޑް-19 ވެކްސިންތައް ނޮވެންބަރު މަހު މުއްދަތް ހަމަވާނެ ކަމަށް މީގެ ކުރިން އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.