ޚަބަރު
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮކްޓޯބަރު 31 އަށް އިތުރުކޮށް ހެލްތު މިނިސްޓަރ ޤަރާރެއް

ދިވެހިރާއްޖޭގައި ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮކްޓޯބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ކޮވިޑް-19 ގެ ނުރައްކާ އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް 12 އިން ފެށިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމި ނަމަވެސް ރާއްޖޭގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށް ފެންނާތީ، ކުއްލި ހާލަތު އިތުރު އެއްމަސް ދުވަހަށް ދެމެހެއްޓުމަށް ހެލްތުމިނިސްޓްރީ ނިންމައި، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުއްވައި އާންމުކޮށްފައިވާ ޤަރާރަކުން ނިންމައިފިއެވެ.

އަދި ހަމަ އެހެންވެ، މާޗް 12 ގައި އިއުލާން ކުރި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމާއި އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށް ވެސް ހެލްތް މިނިސްޓަރުގެ ގަރާރުގައިވެއެވެ.

އެ ގަރާރުގައި ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު މަސް ދުވަހަށް ދަންމާލިއިރު، ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ދަށްވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!