ޚަބަރު
ހުރިހާ އަތޮޅަކަށް މަތީސާނަވީ ތަޢުލީމު ފޯރުކުރެވުން- ބޮޑު ކާމިޔާބީއެއް

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށިގެން ދިޔުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދީފައިވާގޮތުގައި، މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ފުރުސަތުދެވޭ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން ކުރިން އޭލެވެލް ކިޔަވައިނުދޭ އަތޮޅުތަކުގައި ވެސް މިހާރު އޭލެވެލްއަށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ. ވ. އަތޮޅުގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ. މިނިސްޓަރ ކެޔޮދޫއަށް ވަޑައިގަތުމުން އެރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

މިނިސްޓަރު ޑރ. އާއިޝަތު އަލީ ކެޔޮދޫ ސްކޫލަށް ވަޑައިގަތުން / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރުގެ މިދަތުރުފުޅުގައި، އަރިހުގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު، ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު އަދި މިނިސްޓްރީގެ އިސް ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް މިނިސްޓްރީން ވަނީ މީޑިޔާއަށް މަޢުލޫމާތު ދެއެވެ.

ދިވެހިރާއްޖޭގައި މިހާރު އޭލެވެލްއަށް ކިޔަވައިދޭ ސަރުކާރު 34 ސްކޫލެއްގައި ޖުމްލަ 1173 ދަރިވަރުން ތައުލީމު ހާސިލްކުރަމުން ގެންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

Comment