ދީން
ފިރިމީހާ އާއި އަނބިމީހާ އަށް ހިތްހަމަ ޖެހުމާއި ޤަރާރުކަން ލިބުން

ކައިވެންޏަކީ އަނބިމީހާ އާއި ފިރިމީހާ އަށް އުފާވެރިކަމާއި ހިތްހަމަޖެހުން، ވަކި ހަމަތަކެއްގެ ތެރޭގައި ލިއްބައިދޭ ކަމެކެވެ. ފިރިމީހާ މަސައްކަތުގައި އުޅެފައި ގެއަށް އައުމުން ފިރިމީހާގެ އިސްތިޤްބާލު ގައި އަނބިމީހާ ހުރުމަކީ ފިރިމީހާގެ ހިތަށް ހިތްހަމަޖެހި ލޯބި އުފެދިގެންދާނެ ކަމެކެވެ.

ފިރިމީހާ އަކީ ދިރިއުޅުމަށް ބޭނުންވާނޭ އާމްދަނީ ހޯދަން މަސައްކަތް ކުރާ އިސްފަރާތެވެ. ގެއިން ބޭރުގައި މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން މަގުމަތީން، ހިތްކިޔާކަހަލަ އަންހެނަކު ދިމާވުމަކީވެސް ހަމަ އެކަށީގެންވާނެ ކަމެކެވެ. އެހެން ނަމަވެސް ކައިވެނި ކޮއްގެން އުޅޭ ފަރާތް ތަކަށް މިފަދަ ޙާލަތުގައި ކަންތަށް ކުރާނެ ގޮތްވެސް މާތް ނަބިއްޔާ ވަނީ އަޅުގަނޑު މެންނަށް އަންގަވައި ދެއްވާފައެވެ.

عن ابي الزبير, قال قال جابر, سمعت النبي(ص)يقول: ” إذا احدكم اعجبته المرأة فوقعت في قلبه فليعمد الى امرأته فليوقعها فإن ذالك يرد مافي نفسه” .( مسلم,10,3409 )

މާނައީ: އަބުއްޒުބައިރުގެ އަރިހުން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. ޖާބިރުގެފާނު ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑު އެއްސެވީމެވެ. ” ތިޔަބައި މީހުންގެ ތެރެއިން މީހަކަށް އަންހެނަކު ރީތިވެގެން ތިމާގެ ހިތުގައި އަށަގެންފިނަމަ، ތިމާގެ އަމިއްލަ އަނބިމީހާގެ ގާތަށް އައިސް އެއްދާން ކުރާހުށިކަމެވެ! އޭރުން އޭނަގެ ހިތުގައިވާ ކަންތަށް ފިލައިގެން ހިނގައިދާނެއެވެ”.

މި ހަދީޘުން ދޭހަވާ ގޮތުގައި ޝަރުޢީ ކައިވެންޏަކުން ކައިވެނި ކޮއްފައިވާ މީހަކަށް، އޭނާ ހިތްކިޔާކަހަލަ އަންހެނަކު ފެނުމުން، އަވަހަށް ތިމާގެ އަނބިމީހާ ކައިރިއަށްގޮސް އެއްދާން ކުރުމަށް ބާރު އަޅުއްވާފައި އެވަނީ، އެއްދާން ކުރުމުން ފިރިމީހާގެ ހިތަށް ހިއްހަމަޖެހުން ވެރިވާނެތީއެވެ. އަދި ކައިވެނީގެ މަތިވެރި ގުޅުމުން ގުޅިފައިވުމުން އަބަދުމެ ދެމަފިރީން ގެ ގުޅުން ހަރުދަނާކުރެވި ގުޅުންބަދަހި ކުރެވޭނެއެވެ.

ކައިވެންޏަކީ އަންހެނަކާއި ފިރިހެނެއްގެ ފިތުރީ ކަންތައްތަށް ވަކި ހަމަޔަކާއި އުސޫލު ތަކެއްގެ މަތީން އެކަށަ އެޅުއްވުމަށްޓަކައި ﷲ ސުބްޙާނަޙޫ ވަތަޢާލާ ކަނޑައަޅުއްވާފައިވާ ވަރަށް މާތް އަޤުދެކެވެ. އެގުޅުން ޝަރްޢު ކުރައްވާފައި ތަފާތު އެތަކެއް ޙިކުމަތް ތަކަކަށްޓަކައެވެ. އޭގެ ތެރެއިން އެންމެ މުޙިއްމު އެއް ޙިކްމަތަކީ އިންސާނާގެ ނަސްލު ރައްކާތެރިކުމެވެ. ކައިވެނީގެ ގުޅުމުން ނުގުޅޭ ކަމަށްވާނަމަ އިންސާނީ ނަސްލު އޮޅުންބޮޅުންވެ،ފިތުނަވެގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!