މަޢުލޫމާތު
މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަން ނާގާލައި، އަނިޔާވެރިކަން އިސްކުރުމަކީ، ހުއްދަވެގެންވާ ކަމެއް ނޫން- ޚުޠުބާ

ދުނިޔޭގައި ހިގަމުން އަންނަ ސިޔާސީ ފިތުނަތަކާއި، މަޤާމާއި، ނުފޫޒާއި، ޖާހަތަށްޓަކައި، ހަނގުރާމަ ކުރުމާއި، އެއްބަޔަކު އަނެއް ބައެއްބަޔެއްގެ މައްޗަށް ގަަދަވެގަތުމުގެ ފިތުނަ ވަނީ މިދުވަސްވަރު ގިނަވެފައިކަމުގައި މިއަދުގެ ޚުޠުބާ ބުނެއެވެ. މިފަދަ ދުވަސްވަރެއްގައި، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމެއް މިފަދަ ނުފޫޒުން އެއްކިބާކުރުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. އަަޅުގަނޑުމެން ދިވެހިންގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައި، ޤައުމުގެ އެއްބައިވަންތަކަމާއި، ކުރިއެރުމާއި، އިޤްތިޞާދު ހަލާކުވެ، ފިތުނައިގެ ޠޫފާނެއްގެ ތެރެއަށް ޤައުމު ވެއްޓުމަށް ފުރުޞަތު ދީގެން ނުވާނެކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ބުނެފައިވާގޮތުން އަޅުގަނޑުމެން މުސްލިމުން އަބަދުވެސް ވާންވާނީ، އިސްލާހަށް ލޯބިކުރާ، ޞުލްޙަ މަސަލަސްކަން ދަމަހައްޓަން މަސައްކަތް ކުރާ ބައެއް ކަމުގައެވެ. ކަންކަން އިޞްލާޙު ކުރުމުގެ ނިޔަތުގައި ނަމަވެސް، އެއް ބަޔަކު އަނެއްބަޔެއްގެ އަބުރާއި، ޝަރަފު ނަގާލައި، އެކަކު އަނެކެއްގެ ސިއްރުތައް ހާމަކުރުމަކީ އޭގެ ސަބަބުން ބިމުގައި ފަޞާދަވެރިކަން އާންމުވެދާނެ ކަމެއްކަން ޚުޠުބާގައި ބަޔާންކުރެއެވެ. ބިންމަތީގައި ފަސާދަ އުފެދިއްޖެނަމަ، މާތްﷲ އެބައި މީހުންނަށް އުޤޫބާތް ދެއްވާކަމަށް ޚުޠުބާގައި ބުނެއެވެ. ބިންމަތީގައި ބޮޑާވެގެންވި މީސްތަކުން ﷲ ތަޢާލާ ހަލާކުކުރެއްވިއެވެ. ﷲ ގެ ޢަޛާބުން ރައްކާތެރި ކޮށްދޭވޭނެ އެއްވެސް އެހެން ފަރާތެއް ނުވެއެވެ.

ޤައުމެއްގައި އޮންނަ އެކުވެރިކަމާއި، އުޚުއްވަތްތެރިކަމުގެ ފޭރާން ވީދި، ޤައުމު ބައިބައި ވެއްޖެނަމަ، ކުރީގެ ހާލަތަށް ރުޖޫޢު ވުމަކީ އުނދަގޫ ކަމެކެވެ. ލީބިޔާ، ޢިރާޤް، ޢަފްޣާނިސްތާން، ސީރިޔާ، ސޯމާލިޔާ ފަދަ ޤައުމުތަކަކީ، މީގެ ދިރިހުރި މިސާލުތަކެވެ. މިފަދަ ޤައުމުތަކުގައި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލައި، ޤައުމުގެ ކަންކަން އަމިއްލަޔަށް ޙައްލު ނުކުރުމުގެ ނަތީއްޖާއަކަށް ވެފައިވަނީ އަޅުވެތިކަމުގެ ނިމުމެއް ނުވާ ވޭން ތަހައްމަލު ކުރަން ޖެހުމެވެ. އެއީ އަރާރުންވުމާއި، ދެކޮޅިވެރިކަމާއި، ދެބަސްވުމާއި، އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމާއި، ދީނުގެ ނަމުގައި ޙައްދު ފަހަނައަޅައި ދިއުމާއި، އަނިޔާވެރި ވުމާއި، ނުކިޔަމަންތެރިވުމުން އުފެދޭ ފިތުނަވެރިކަމުގެ ނަތީއްޖާ ކަމުގައި ޚުޠުބާގައި ބުނެފައި ވެއެވެ.

މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އިސްލާމްދީނުގައި އަމުރު ކުރައްވާފައި ވަނީ، ކަމުވޮށިވެގެންވާ މީހުންގެ މެދުގައި މަޝްވަރާކޮށްގެން ކަމަށާއި، ރައްޔިތުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރަން ޖެހޭނީ، ރައްޔިތުންގެ ކަންކަމާއި ޙަވާލުވެފައިވާ މުޢައްސަސާތަކުގެ ވެރިންގެ މެދުގައި ވާހަކަ ދައްކައިގެން ކަމަށްވެސް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.

އިސްވެދިޔަ އުއްމަތްތަކުގެ ވާހަކަ ކީރިތި ޤުރުއާނުގައި އައިސްފައިވަނީ، އެޤައުމުތަކަށް ކުރިމަތިވި ހާދިޘާތަކުން އަހަރަމެން އިބްރަތް ލިބިގަތުމަށެވެ. މާތް ﷲގެ އަމުރުފުޅަށް ފުރަގަސްދީ، އިސްލާމް ދީނަށް ފުރައްސާރަކޮށް، މަލާމާތްކުރާ މީހުންނާއި، އިސްލާމީ ޝަރީޢަތް ޤާއިމު ކުރުމުގެ ނަމުގައި، އަމިއްލަޔަށް ނިޔާ ކަނޑައަޅައި، މީހުން މެރުންފަދަ، ބޮޑެތި ޖަރީމާތައް ހިންގާ މީހުންނާއި، މީހުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންނަށް ފިލާވަޅެއްގެ ގޮތުގައި ކުރީގެ އުއްމަތްތަކުގެ ވާހަކަ ﷲ ތަޢާލާ ކީރިތި ޤުރުޢާނުގައި ގެނެސްފައިވުމީ ޙިކްމަތެއްކަމުގައި ވެއެވެ.

މުސްލިމުން ދިރިއުޅޭ މުޖުތަމަޢުއެއް ވާންޖެހޭނީ، އެކަކު އަނެކަކަށް ރަޙުމުކުރާ، އޯގާތެރި މުޖުތަމަޢުއެއް ކަމުގައެވެ. މުސްލިމުންގެ ކިބައިގައި ހުންނަންވީ މަތިވެރި ސިފަޔަކީ، އެންމެހާ މުސްލިމުތަކުން އެއް ހަށިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ، ކަމެއް ދިމާވާއިރަށް އަތްއިސްކުރުމާއި، ހުތުރު ބަހުރުވައިން މުޚާޠަބު ކޮށް، ޒާތީވެ، ހަސަދަވެރިވުމަކީ މިއަދުގެ މުޖުތަމަޢުއިން ފެންނަ ހިތާމަވެރި މަންޒަރެއް ކަމުގައި ޚުޠުބާގައި ބުނެއެވެ.

މުޖުތަމަޢުގެ ޞުލްޙަމަސަލަސްކަން ނާގާލައި، އަނިޔާވެރިކަން އިސްކުރުމަކީ، ހުއްދަވެގެންވާ ކަމެއް ނޫންކަން މިއަދުގެ ޚުޠުބާގައި ބުނެފައި ވެއެވެ. އިސްލާމް ދީނުގައި މައްސަލަތައް ހައްލުކުރުމަށް ގެންގުޅެންވީ ގޮތަކީ، ދެފަރާތުން ވާހަކަ ދެއްކުމަޢި، މަޑުމައިތިރިކަމުގެ ރިވެތި އުސޫލެވެ. ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން ވާރިދުވެގެން އައިސްފައިވާ ގޮތުގައި، ދުނިޔޭގައި މާތްﷲ ގެ ހަޟްރަތުގައިވާ ދަރުމައާއި ޘަވާބަށް އެދިގެން ހިތްތިރިކޮށް، ތަވާޟުއުވެރިވާ މީހާގެ، ދަރަޖަ ޤިޔާމަތް ދުވަހު މާތް ﷲ އުފުއްލަވާނެ ކަމަށް ޚުޠުބާގައި ބަޔާންކުރެވިފައި ވެއެވެ.

ނޫސް މަޖައްލާތަކާއި، ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކޮށް، ތިމާގެ މުސްލިމު އަޚާގެ ޢިއްޒަތާއި، އަބުރަށް އަރައިގަންނަ މީހުންނާއި، ތިމާގެ އަޚާގެ ޙުރުމަތް ކަނޑާލައި، އަނިޔާވެރިވެ އުޅޭމީހުން، މިފަދަ ވަޞީލަތްތަކާ މެދު ވިސްނަންޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!