ޚަބަރު
ދިވެހިން ފޯނުން ދައްކާ ވާހަކަވެސް އިންޑިޔާއަށް އެނގޭ- އަދުރޭ

އަވައްޓެރި އިންޑިއާއަށް ދިވެހި ދައުލަތުގެ ހުރިހާ ބާރަކާއި ދިވެހި ދައުލަތުގެ ހުރިހާ ވަސީލަތެއް ދީފައިވާ ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

“މިނިވަން ކަމުގެ ދިފާއުގައި ދިވެހިން” ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ހިންގާނެ ސިލްސިލާ ސިޔާސީ ހަރަކާތުގައި ރޭގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވެފައިވާ ގޮތުގައި ދިވެހި ދައުލަތުގެ ގިނަ އަގުހުރި ތަރިކަ އިންޑިއާއަށް ރަހުނުކޮށްފައިވާ ކަމަށެވެ.

“ދަރުމަވަންތަ ހޮސްޕިޓަލް، އޮލިމްޕަސް، ވެލާނާގެ، މަދަރުސާތައް، އިންޑިއާ ރަހުނު ކޮށްފި، މި ލިސްޓު މިއާ ހިސާބަކުން ނުނިމޭ، މި ކުޑަ މާލޭގައި ހުސް ބިމެއް އޮތިއްޔާ އިންޑިއާއަށް ދީފަ، އިމާރާތެއް އޮތިއްޔާ ވެސް އޮތީ އިންޑިއާއަށް ހިބަ ކޮށްދީފަ،” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ތުހުމަތުކޮށްފައިވާ ގޮތުގައި، ދިވެހި ކަސްޓަމަށް އެތެރެވާ މުދަލާއި ބޭރުވާ މުދަލުގެ ތަފްސީލް ވަގުތުން ވަގުތަށް އިންޑިއާއަށް ލިބޭ ގޮތް ވަނީ ހަދާދީފައެވެ.އަދި ދިވެހި ކަނޑުގެ ސަރަހައްދާއި ބިމުގެ ސަރަހައްދުގެ ހުރިހާ ސިއްރުތަކެއް ވެސް އިންޑިއާއަށް ދޫކޮށްފައިވާ ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

އަދުރޭ އިޝާރާތް ކުރެއްވީ، އިންޑިއާއާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކުލަވާލާފައިވާ ހައިޑްރޯގްރާފީ އެއްބަސްވުމަށެވެ. އެ އެއްބަސްވުމުގެ ދަށުން މުވާސަލަތީ ވަސީލަތްތައް ވެސް އިންޑިއާއަށް ދޫކޮށްލާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

“ދިވެހި ރައްޔިތުން ފޯނުން ދައްކާ ވާހަކަ ވެސް އެނގޭނެ އިންތިޒާމުތައް އިންޑިއާ އެމްބަސީގައި ވަނީ ހަމަޖައްސާފައި. މި ހުރިހާ ސިއްރެއް އިންޑިއާއަށް މި ދަނީ. މި ފެންވަރަށް އިންޑިއާއަށް ރާއްޖޭގެ އަސްކަރީ ބާރުތައް ދޫކޮށްލާފައިވޭ.” ރޭގެ ޖަލްސާގައި އަދުރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ޝިއާރެއް ކަމުގައިވާ “އަނެއް ދިވެހިރާއްޖެ” އަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވީ އެ ދިވެހިރާއްޖެއަކީ މިނިވަން ކަން ނެތް ރާއްޖެއެއް ކަމަށެވެ. ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކައެއްގެ މިސާލުން ވިދާޅުވީ އެއީ “އިންޑިއާގެ ފުލުހުން މެދުވެރިކޮށް އަޅުގަނޑުމެންގެ ދަރިން ގައިގަ ތަޅާނެ ދިވެހިރާއްޖެ” ކަމަށެވެ.

އަދުރޭ ވިދާޅުވީ ދިވެހި ގައުމުގެ މިނިވަން އަނބުރާ އިއާދަ ކުރުމަށް ޓަކައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނަށް ދިވެހި ގައުމުގެ ވެރިކަން އަލުން އަނބުރާ ދޭން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

“މިނިވަން ކަމުގެ ދިފާއުގައި ދިވެހިން” ޝިއާރުގެ ދަށުން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބާލުވަން ގޮވާލައި ޕެޓިޝަނެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. ރޭގެ ޖަލްސާގެ ތެރެއިން އެ ޕެޓިޝަނަށް ސޮއި ކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދެވުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!