ޚަބަރު
“ވިޒިޓް ނަޑެއްލާ” މޮނިއުމަންޓް ތައްޔާރު ކުރުމުގެ ހުރިހާ މަސައްކަތެއް ނިމިއްޖެ

ވިޒިޓް ނަޑެއްލާ މޮނިއުމަންޓް ތައްޔާރު ކުރުމުގެ ހުރިހާ މަސައްކަތެއްނިމި މާދަމާ ހެނދުނު އާއްމުކޮށް ހުޅުވާލުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވަން ނިންމާފައިވާކަމުގައި އެ މަސައްކަތުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އިބްރާހިމް ނާފިޒް (ޗިކާ) ވިދާޅުވެއްޖެއެވެ.

“ވިޒިޓް ނަޑެއްލާ” މޮނިއުމަންޓް ގެ ޢަމަލީ މަސައްކަތް ނިންމާލުމަށްފަހު ރޭ ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އިބްރާހިމް ނާފިޒް ވިދާޅުވީ ނަޑެއްލާ އަށް ޒިޔާރަތް ކުރާ މެހެމާނުންނަށް މަރުހަބާ ދެންނެވުން ރަމްޒު ކޮށްދޭ ގޮތަށް ތައްޔާރު ކުރި އެ މޮނިއުމަންޓަކީ ރަށުގެ ބަނދަރު މަތިން، މަލަމަތި ފެނުމާއި އެކު ފެންނަ ގޮތަށް ތައްޔާރު ކޮށްފައިވާ 26 ފޫޓް ދިގު 5 ފޫޓް ފުޅާ އަދި 7 ފޫޓު އުސް އެއްޗެއް ކަމަށާއި ރޭގަނޑު ދިއްލިފައި ހުންނަ ގޮތަށް ތައްޔާރު ކުރެވުނު މި މޮނިއުމަންޓް އެހާ އަވަހަށް ތައްޔާރު ކުރެވުނީ ފެނަކަ ކުންފުނިން ދެއްވި އެހީތެރިކަމާއެކު ކަމަށެވެ. އަދި މިއީ ރަށަށް ލިބިގެން ދިޔަ ވަރަށް ބޮޑު ދިރުމެއް ކަމަށާއި އެމަސައްކަތުގައި ޢަމަލީ ގޮތުންނާއި މާލީ ގޮތުން އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށް ރައްޔިތުންގެ ނަމުގައި ޝުކުރު އަދާ ކުރާ ކަމަށް ވެސް ޗިކާ ވިދާޅުވިއެވެ.

“މިފަދަ މޮނިއުމަންޓެއް ބެހެއްޓުމަށް ވަރަށް ކުރީއްސުރެ ރަށުގެ ޒުވާނުން ދިޔައީ މަސައްކަތް ކުރަމުން ނަމަވެސް އެފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ ފަންޑު ނުލިބިގެން  މަސައްކަތް ނުކުރެވި އޮތީ. މިފަހަރު އެކަން މިއޮތީ ކައުންސިލުން ބިން ދެއްވުމާއި އެކު ފެނަކައިން ދެއްވި އެހީ އާއި އެކު 1 ހަފުތާ ތެރޭގައި ހުރިހާ މަސައްކަތެއް ނިމިފަ.” އިބްރާހީމް ނާފިޒް ވިދާޅުވިއެވެ.

ޗިކާ އިތުރަށް ވިދާޅުވީ މިފުރުސަތުގައި ފެނަކައިގެ އެމްޑީ އަހުމަދު ސައީދު އާއި ފެނަކައިން ނަޑެއްލާ ގައި މަސައްކަތް ކުރައްވަމުންދާ މުހައްމަދު ހުސައިން (ރޯޒީ) އާއި ޢަލީ ނަޖީބްގެ ނަން ފާހަގަ ކޮށްލަން ބޭނުން ކަމަށެވެ. އަދި ހަމަ އެއާއެކު  ނަޑެއްލާ ކައުންސިލްގެ ރައީސް މި މަސައްކަތް ކުރަމުން ދިޔައިރު ޢަމަލީ ގޮތުން ބައިވެރިވެ ހުންނެވިއިރު ކައުންސިލްގެ ދެން ތިއްބެވި މެމްބަރުން ކުޑަކޮށް ވެސް ބައިވެރިވެ ނުލެއްވި ކަމީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށްވެސް އިބްރާހީމް ނާފިޒް ފާހަގަ ކުރެއްވިއެވެ.

ނަޑެއްލާ ރައީސް މުހައްމަދު އަންޝާއު ވިދާޅުވީ އެ ރަށުގެ ޒުވާނުންނާއި ރައްޔިތުން ދެކެން ބޭނުންވި ގޮތަށް މި މޮނިއުމަންޓް ތައްޔާރު ކޮށްދެއްވުމުގައި ޗިކާ ދެއްވި އެހީ އާއި ޢަމަލީގޮތުން ޙަރަކާތްތެރި މިންވަރަށް އަދި ޒުވާނުން ގޮވައިގެން ކުރެވި ބުރަ މަސައްކަތަށް ޝުކުރު އަދާ ކޮށް އެކަން ފާހަގަ ކުރައްވާ ކަމަށެވެ. އަދި މީގެ ސަބަބުން ރަށުގެ މޫނުމަތި ނަލަ ވެގެން ގޮސްފިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ވިޒިޓް ނަޑެއްލާ” މޮނިއުމަންޓް އާންމުކޮށް ހުޅުވާލުމަށް ނިންމާފައި ވަނީ މާދަމާ( ހޮނިހިރު ދުވަހު) ހެނދުނުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!