ޚަބަރު
އަންހެން ކުއްޖަކު ފެންވަރަން ހުއްޓާ ވީޑިއޯކުރި މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގެ ތެރޭގައި އަންހެން ކުއްޖަކު ފެންވަރަން ހުއްޓާ ފެންލައިޓުން ބަލައި އެމަންޒަރު ވީޑިއޯކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްވީ ކްރައިސިސްގައި އެމީހާ ހައްޔަރުކުރި ވީޑިއޯ އާންމުކޮށް ބުނެފައިވަނީ، ރޭ 19:00 ހާއިރު މައްޗަންގޯޅި ދަނގަނޑުކެނޑިގޭ ގޯޅިތެރޭ ހުރި ގެއެއްގަ އަންހެނަކު ފެންވަރަން ހުއްޓާ ފެންލައިޓް ތެރޭން ވީޑިއޯ ކުރި މީހަކު އަތުލައިގެންފައިވާ ކަމަށެވެ.

އެމްވީ ކްރައިސިސްގައި އާންމުކޮށްފައިވާ ވީޑިއޯގައި، ގިނަ ބަޔަކު އެސަރަހައްދައް އެއްވެ ތިބިއިރު ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު ގޮވައިގެން ދާމަންޒަރުފެނެއެވެ.

މިމައްސަލައިގައި ހައްޔަރުކުރި މީހާއަކީ  މީގެ ކުރިންވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!