ރާއްޖޭގައި ދެ ރިސޯތެއްގައި މިއަދު ފުރަތަަމަ ފަހަރަށް “ކްރިޕްޓޯ” ކަރަންސީން މުއާމަލާތު ކުރަން ފަށައިފި އެވެ.
ޑިޖިޓަލް ފައިސާ ކަމަށްވާ “ކްރިޕްޓޯ” ކަރަންސީ ބޭނުން ކުރަން ފަށާފައިވަނީ އެސް ހޮޓެލްސް އިން ކްރޮސްރޯޑްސް ގައި ހިންގާ ދެ ރިސޯޓެއްގައެވެ. އެވެ. އެއީ ހާޑްރޮކް މޯލްޑިވްސް އާއި ސާއި ލެގޫނެވެ. އެސް ހޮޓެލްސް އަކީ ދުނިޔޭގައި ވެސް އެންމެ ފުރަތަމަ މި ފައިސާ ބަލައިގަންނަން ފެށި އެއް ހޮޓެލް ޗެއިނެވެ. މިއީ ޓޫރިޒަމް ދާއިރާގެ އާ ޖީލުތަކަށް ހިދުމަތް ދިނުމަށާއި ޓޫރިޒަމް ދާއިރާ ޒަމާނާ އެއް ފެންވަރަކަށް ކުރިއެރުވުމަށް މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މިއީ އެސް ހޮޓެލްސް އާއި ކްރިޕްޓޯ ކަރަންސީ ޓްރޭޑިން ޕްލެޓްފޯމެއް ކަމަށްވާ އެފްޓީއެކްސް އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފެށި ހިދުމަތެކެވެ. މި ގެނައި ބަދަލާއެކު މިހާރު ހާޑް ރޮކް އާއި ސާއި ލެގޫން އިން ހިދުމަތް ހޯދަން ޑިޖިޓަލް ފައިސާ ބޭނުން ކުރެވޭނެ އެވެ.
މިވަގުތު މި ދެ ރިސޯޓުން ބަލައިގަންނަނީ ޑިޖިޓަލް ފައިސާގެ ތެރެއިން “ޔޫއެސްޑީ ކޮއިން” އާއި “ޓެދާ ޓޮކެންސް” (ޔޫއެސްޑީޓީ) އެވެ. ނަމަވެސް ކުރިމަގުގައި އިތުރު ޑިޖިޓަލް ފައިސާ ވެސް ބަަލައިގަންނާނެ ކަމަށް އެސް ހޮޓެލްސް އިން މީޑިޔާއަށް މަޢުލޫމާތު ދެއެވެ. ކްރިޕްޓޯ ކަރަންސީ މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ބޭނުން ކުރެ އެވެ.