މަޢުލޫމާތު
އަންހެން ދަރިޔަކު ލިބުމަކީ ހަޤީޤަތުގައިވެސް ނަސީބެއް

އަންހެން ދަރިޔަކު ލިބުމަކީ އެމީހެއްގެ ނަސީބު ރަނގަޅު ކަމުގެ ރަމްޒެއްގެ ގޮތުގައި ބެލެވިދާނެއެވެ.

ކުރީ ޒަމާނުގައި، އަންހެނުންނަކީ، އެއްވެސް އަގެއް ނެތް އަޅު ބަޔެއްގެ ގޮތުގައި އޮތް ނަމަވެސް، ފަހު ޒަމާނަށް ބަލާއިރު، އަންހެނުންގެ ހައްޤުތަކާއި، އަންހެނުން ބާރުވެރި ކުރުމުގެ އަޑުތައް ވަނީ މުޖުތަމަޢުގައި އިތުރުވެ ގުގުމާފައެވެ.

އަންހެން ކުދިންނާއި ފިރިހެން ކުދިންގެ މާބޮޑު ތަފާތު ކުރުމެއް ގެންގުޅޭތަން، ދިވެހި މުޖުތަމަޢުއިން މަދުން ނޫނީ ނުފެނެއެވެ. ކޮންމެ ޖިންސެއްގެ ކުއްޖެއްކަމުގައި ވިޔަސް، މައިންބަފައިންނަށް އަބަދުވެސް ދަރިން ވާނީ ދަރިންނަށެވެ. ގިނަ މައިންބަފައިންގެ ދަރިކުލުނު ހުންނަނީ އެއްވަރަކަށެވެ. ނަމަވެސް އަންހެން ދަރިޔަކު ލިބުމަކީ ނަސީބުކަމުގައި ބައެއް މައިންބަފައިން ދެކެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެން ކުދިންނާއި އަޅާ ބަލާއިރު އަންހެން ކުދިންނަކީ މައިންބަފައިންނާ ގާތް، މައިން ބަފައިންނަށް ޚިދުމަތް ކުރުން ގިނަ ބަޔެކެވެ. ތަބީއީ ގޮތުން އަންހެން ކުދިންގެ ހުންނަ މިޒާޖުގެ ސަބަބުން މައިންބަފައިންނަށް އަޅާލުމުގެ ސިފަ އެކުދިންގެ ކިބައިގައި ހުންނަކަން ދިރާސާތަކުން ފާހަގަވެފައި ވެއެވެ.

އަންހެން ދަރިންނަށް ޚާއްސަ ގަދަރެއް އިސްލާމް ދީނުގައިވެސް ދެވިފައިވެއެވެ. އަންހެން ދަރިންނަކީ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެނަމަ މައިންބަފައިންނަށް ޓަކައި ސުވަރުގޭގެ ދޮރު ހޮޅުވައިދޭ ކުދިން ކަމަށް އިސްލާމް ދީން އުނގަންނައިދެ އެވެ. އެއީ ތިބާގެ ގޭގެ ނޫރު ކަމުގައި ބުނެދެ އެވެ.

އަންހެން ކުދިންނަކީ މިހާ މުހިއްމު ބަޔަކަށް ވާއިރު އެކުދިންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަކީ ކޮންމެ މަޔަކު އަދި ބަފައެއްގެ ކޮނޑުގައި އެޅިފައިވާ މިންނުކުރެވޭ ޒިންމާ އެކެވެ. އެކުދިންނަކީ ހާއްސަ ރައްކާތެރިކަން ބޭނުންވާ ކުދިން ކަމަށް ވުމުން ގޭތެރޭގެ މާހައުލުން އެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

ހަމައެއާއެކު އަންހެން ދަރިން ތަރުބިއްޔަތު ކުރުމުގައި ވެސް ބައެއް ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ އެވެ. ގޭތެރޭގެ މަސައްކަތްތައް ދަސްކޮށްދީ، އާއިލާއެއް ގޮވައިގެން މުސްތަޤުބަލުގައި އުޅެވޭނެ ފަދަ މީހަކަށް އަންހެން ދަރިފުޅު ހެދުމަކީ، ދަރިފުޅުގެ މުސްތަޤްބަލް އުޖާލާކުރުމަށް ކޮށައިދެވޭ މަގެކެވެ. ހަމަ މިބީދައިން އިޖުތިމާއީ ކަންކަމާ މެދު ހޭލުންތެރި ކުރުވުމާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ވެސް އެކުދިންނަށް ދަސް ކޮށްދޭން ޖެހޭނެ އެވެ.

އަންހެން ދަރިއަކު ލިބުމަކީ ހަޤީޤަތުގައިވެސް ނަސީބެކެވެ. އެއީ އެއްވެސް ގޮތަކަށް ބުރައެއްގެ ގޮތުގައި ނުދެކޭށެވެ. އެއީ ތިބާގެ ދުނިޔަވީ އަދި އުޚުރަވީ ހަޔާތް އުޖާލާ ކޮށްދޭ މެދުވެރި އެކެވެ. އެހެން ކަމުން އަންހެން ދަރިންނަށް ސަމާލުވުން މުހިންމެވެ.

  1. ީޟރު

    ޢަދިވެސް ނޭގޭ ކީއްވެ ކަމެއް މުހިއްމިީ.
    މަސައްކަތް ކުރުވާ އަޅާލުން ބޭނުންވަާތީ މުހިއްމީ؟