ކުޅިވަރު
ރާއްޖެ ބަލިކޮށް ނޭޕާލްއިން ފިޔަވަޅެއް ކުރިޔަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ކުޅުނު ދެވަނަ މެޗުގައި ނޭޕާލް އިން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ.

ގަލޮޅު ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު ސާފް ޗެމްޕިއަންޝިޕް 2021 ގެ ދެވަނަ މެޗުގައި ނޭޕާލް އިން ރާއްޖެ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ބެލުމަށް ގިނަ އަދަދެއްގެ ނޭޕާލް ސަޕޯޓަރުން ދަނޑަށް ވަދެފައިވާ އިރު، ސަޕޯޓަރުން ހެއްވާލީ މެޗުގެ 86 ވަނަ މިނެޓުގައި ޖެހި ގޯލަކާއި އެކުއެވެ.

މިގޯލު ނޭޕާލަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޖާރޒީ ނަންބަރު 21 މަނީޝް ޑަންގީއެވެ. މިއީ 37 އަހަރު ތެރޭގައި ނޭޕާލުން ރާއްޖެ މައްޗައް ކުރި ހޯދި ފުރަތަމަ ފަހަރެވެ.

ފޮޓޯ:އަދަދު ( އޮފިޝަލް މީޑިއާ ޕާރޓްނާރ)

މި މެޗުގައި ރެފްރީ ވަނީ 90 މިނެޓް ހަމަވުމުން އިތުރު 5 މިނެޓުގެ ވަގުތު ދީފައެވެ.

މި މެޗުގައި ރާއްޖެއަށް ވެސް ލަނޑު ޖެހުމުގެ ގިނަ ފުރުސަތު ލިބިފައިވާއިރު، ނޭޕާލުން ވެސް ވަނީ ގިނަ ހަމަލާތަކެއް ރާއްޖެ ކޮޅަށް އަމާޒު ކޮށްފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ކީޕަރ ފައިސަލް ގެ ހުށިޔާރުކަމުން އެ ހުރިހާ ހަމަލާތަކެއް ވެސް ވަނީ ދިފާޢު ކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕް އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމުން ވަނީ ގަތަރުގައި ކޭމްޕުކޮށް ތަމްރީނު ހަދައި އަދި އެ ގައުމުގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި ދެން ބައްދަލު ކުރާނީ ބަންގަލަދޭޝް އާއި އިންޑިއާއެވެ. މި މެޗު އޮންނާނީ އޮކްޓޫބަރ 4 ވަނަ ދުވަހު ހަވީރު 4 ޖަހާއިރުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!