ޚަބަރު
ނިލަންދޫ މިސްކިތްތަކުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ތިންބެއިން

ފ.ނިލަންދޫގައި ހުކުރު ނަމާދުކުރާ 3 މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ އެއްބަނޑު އެއްބަފާ 3 ބެއިންނެވެ.

ނިލަންދޫގައި އިމާމުވެ މިއަދުގެ ހުކުރު ނަމާދު ކޮށްފައިވާ 3 ބެއިންނަކީ، މަސްޖިދުލްތަޙާލުފިގައި އިމާމްވެ ހުކުރު ކުރި އަބްދުއްރަޝީދު އިސްމާއިލްއާއި، މަސްޖިދުލް ވަހްދާގައި އިމާމްވެ ހުކުރު ކުރެއްވި އިބްރާހިމް ރަޝީދުގެ އިތުރުން މަސްޖިދުލް ސަލާމްގައި އިމާމްވެ ހުކުރު ކުރެއްވި އަބްދުﷲ ރަޝީދުއެވެ.

ނިލަންދޫގައި މިއަދު އިމާމުވެ ހުކުރު ނަމާދުކޮށްފައިވާ 3 ބެއިންގެ ފަރާތުން އޮންލައިން ނޫހެއް ކަމަށްވާ “ދެން” އާ ވާހަކަ ދައްކަވަމުން އެތިން ބެއިންގެ އެއްބަނޑު އެއްބަފާ އެންމެ ބޮޑު ބޭބެ ކަމުގައިވާ އަބްދުލް ގާދިރު އިސްމައިލް ބުނީ، މިއަދު ލިބިގެން ދިޔައީ ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއްކަމަށެވެ.

“މިއަދު ހިތަށް އަރާ ރަށުގައި ހުރެވުނު ނަމައޭ. ވަރަށް ހުންނަން ބޭނުން ވެސް ވި އެކަމަކު ކަން  ދިމާކުރި ގޮތުން މާލޭގައި މިހުރީ. އެކަމަކު މިއީ އާއިލާއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް އަދި ޝަރަފެއް. ވަރަށް އުފާވޭ ހަމަ ބުނެދޭން ވެސް ނޭނގޭ މިއަދު މިކުރެވޭ އުފާވެރި އިހްސާސް” ގާދިރު ބުންޏެވެ.

އާއިލާއަށް ލިބިގެން ދިޔަ މި ޝަރަފުވެރި ވަގުތުގައި ގާދިރު ވަނީ އޭނާގެ މައިންބަފައިންގެ ޒިކުރާއާކޮށް އެމީހުން ނެތުމުގެ ފަޅުކަމާއި މާޔޫސްކަން ހަނދާންކޮށްފައެވެ.

“ހަގީގަތުގައި މިއީ މައިންބަފައިން އަޅުގަނޑުމެންނަށް ދިން ހެޔޮ ނަސޭހަތާއި ހެޔޮ ތަރުބިއްޔަތުގެ ނަތީޖާ. ހިތަށް އަރާ މިއަދު މަންމައާއި ބައްޕަ މިދުވަސް ދެކެން ދުނިޔޭގައި ހުރި ނަމައޭ. އެމީހުން މިއަދު ތިބި ނަމަ ހާދަ ހާދަ އުފަލެއް ވީހޭ. މިއީ އެމީހުން އެންމެ ދެކެން ބޭނުންވި ދުވަސް.” މައިންބަފައިންގެ ޒިކުރާ އާކުރަމުން ގާދިރު ބުންޏެވެ.

ނިލަންދޫގައި މިއަދު އިމާމްވެ ހުކުރު ނަމާދު ކުރި 3 ބެއިން މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވައިލައިފައި ވަނީ ސުލްހަވެރި މުޖްތަމައުއެއް ބިނާކުރުމުގެ މައްޗަށެވެ.

  1. މޫސަ

    އެ ތިންބެއިންގެ ބޭބެއަކީ ވެސް އިމާމުވެ ކުރު ކުރާ މީހެއް