ރިޕޯޓް
ރިޕޯޓް: ތިނަދޫގެ ގަބުރުސްތާން ސާފް ކުރުމަށް ރައްޔިތުން ނުކުތުން

ރައްޔިތު މަސައްކަތްތަކަށް ނުކުމެ ރަށް ސާފު ކުރުމާއި އޮޑި ވަޅަށް ދޯނި ފަހަރު އެހެލައި ހެދުމަކީ އިހު ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި ރަށު ރޫޙުވަންތަ ކަމެކެވެ. އެވޭލާގައި ނަގާފައި ހުރި ފޮޓޯ ތަކުން ރަށްރަށް ފެންނަ އިރު ސާފް ތާހިރުކަން ފެންނަ ކަމީ މިދެންނެވި ކަމުގެ ސާފް ހެއްކެކެވެ.
މިދެންނެވި ބީދައިން ރަށުގެ ޚާއްޞަ ތަންތަން ސާފް ކުރުމުގައި ރާއްޖޭގެ ގިނަ ރަށް ތަކުގައި ހަރަކާތްތެރި ވަމުން ގެންދާ މަންޒަރު ފެނެއެވެ. ނަމަވެސް ރަށް ތަކަށް ތަރައްޤީ އަންނަމުންދާ ވަރަކަށް މިދެންނެވި ރަށު ރޫޙު ފަނޑުވަމުންދާކަމީ ވެސް ފެންނަމުންދާ ޙަޤީޤަތެކެވެ. އެފަދަ އެއް ރަށަކީ ހުވަދު އަތޮޅުގެ ތިނަދޫއެވެ.
އާބާދީ އަށް ބަލާއިރު ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށް ތަކުގެ ލިސްޓުގައި ގުނާލެވޭ ތިނަދޫ އަކީ އަތޮޅު ތެރެގައިވާ އެންމެ ބޮޑަށް އަދި އެންމެ އަވަހަށް ތަރައްޤީގެ ކުލަ ޖެހެމުން އަންނަ ރަށް ވެސްމެއެވެ. އެތައް އަހަރެއް ވަންދެން ރައްޔިތުން މަސައްކަތެއްގެ ގޮތުގައި ގަބުރުސްތާން ސާފު ކުރުމަށް ނުނުކުމެ އޮތުމަށް ފަހު މިއަދު ހެނދުނު ވަނީ ގަބުރުސްތާން ސާފުކޮށް އެތަނުގެ އާބާތުރަ ފިލުވުމަށް ހަރަކާތްތައް ހިނގާފައެއެވެ. ތިނަދޫ ކައުންސިލުން އިންތިޒާމް ކުރު މި ހަރަކާތް ވެގެން ދިޔައީ އެތައް ބައެއްގެ މާޒީ ހަނދާން ވެގެން ދިޔަ ކަމަކަށެވެ. އެހެންކަމުން އެހާރުގައި ތިނަދޫ ގެ ގަބުރުސްތާން ސާފުކޮށް ބެލެހެއްޓުން ގޮތަށް ނަޒަރެއް ހިނގާ ލާނަމެވެ.
ތިނަދޫގައި މިހާރު ފެންނަ ގަބުރުސްތާން ގެ ވަށާފާރު ކުރިން ހުންނަނީ ވަރަށް ތިރިކޮށެވެ. އުސް މިނަކީ 4 ފޫޓެވެ. އެހެންކަމުން ވަށައިގެން ހިގާ މީހުންނަށް ވަރަށް ރީއްޗަށް އެތެރެ ފެނެއެވެ. މަހާނަތައް ހުންނަނީ ޚާއްޞަ ތަރުތީބަކުން ނޫނެވެ. މީހަކު ވަޅުލާން ވީމާ ހާމަކޮށް އޮތް ދިމާލެއްގައި އާއިލާގެ މީހުން ބޭނުންވާ ތަނެއްގައި ވަޅުލާތަން ފެނެއެވެ. ވިނަ ބޯވެ ނުތަކާ ހިސާބަށް ދިޔައިމާ ރައްޔިތުން ނުކުމެ ސާފު ކޮށްލަނީއެވެ. ފަހުން ފަހުން އައިސް ތަފާތު މުނާސަބާތަކާ ގުޅުވައިގެން ކުރިޔަށް ގެންދާ ބޮޑު ހަރަކާތަށްވެސް ޤަބުރުސްތާން ސާފް ކުރުން ހިމަނައެވެ.
ތިނަދޫ ޤަބުރުސްތާން ސާފުކޮށް ހެދުމުގައި ތިނަދޫ ގައި ހުންން އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ވެސް އެއް ދުވަސް ވަރެއްގައި ވަރަށް ފޯރީގައި އެ މަސައްކަތް ކުރި ތަން ފެނުނެވެ. އަދި ބޮޑު ޗުއްޓީ އަށް ރަށަށް އަންނަ ކުދިން އެއްވެ އަންބާ ކިޔާފައި ކޮންމެ އަހަރަކު އެ މަސައްކަތް ކުރިތަންވެސް ފެނުނެވެ.
މިގޮތަށް ސާފް ކުރުމުގައި އުޅޭ އިރު ފެންނަނީ ވަރަށް ޖޯޝާ ފޯރީގައި އެކަން ކުރާ މަންޒަރެވެ. ޤަބުރުސްތާނާއި އަވައްޓެރި ގެތަކުން ޖޫސް ދިނުމާއި ގާޑިޔާ ތަކުގައި ކުނި ގެންދިއުން ފަދަ އެތައް ކަމެކެވެ.
މި ދެންނެވީ މީގެ 25 އަހަރުގެ ކުރީގެ ވާހަކަ ތަކެވެ. މީގެ 17, 18 އަހަރެއްހާ ދުވަސް ކުރިން ވެސް އެފަދަ ހަރަކާތެއް އެ އިރުގެ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ރަށު އޮފީހުން ކުރިއެވެ.
ކުރިން ވެސް އިޝާރާތް ކުރި ފަދައިން ތަރައްޤީ އާއި ތަހުޒީބު ތެރެއަށް ރަށުގެ ވެށި ބަދަލުވެ ވެރިކަމާއި ބާރު ވެރިކަން ބަދަލުވެގެން އަންނަ އައުމުގެ ދަށުން ތިނަދޫ ގެ ޤަބުރުސްތާނަށް ވެސް ތަރައްޤީ ވެއްޖެއެވެ. ވަށާ ފާރު އުސްކޮށް ރާނައި ސިމެންތި ޖަހައި ކުލަލައި އެންމެފަހުން ބޮޑު ދޮރާށިލައި ތަޅުއެސް ލައިފިއެވެ. ނުވިތަނަކަށް ހިނަވާ ގެޔެއް ވެސް 40000 ހާސް އަކަފޫޓު ގެ ތެރޭގެ ކަނެއްގައި ހަދައިފިއެވެ. އެހާ ހިސާބުން އެތަނުގައި ކުރިން ހިގަމުންދިޔަ ރައްޔިތު ސާފްކުރުމުގައި ސިއްކަ ޖެހިއްޖެއެވެ. ޙާލަތު މިގޮތަށް ބަދަލު ވުމުން އެތަން ބެލެހެއްޓުމަށް. މުވައްޒަފަކު ލާން މަޖުބޫރުވިއެވެ. އެގޮތުން އަހަރު ތަކެއް ވަންދެން މުސްކުޅި އުމުރު ފުރައިގެ މީހަކު “އަމާ ބުނީތީ ފަރަށް ދާހެން” އެތަން ނަމެއްގައި, ސާފް ކުރިއެވެ.

މިއަދު އެކުރެވުނީ ކުރިން ކުރި ފަދަ ރައްޔިތު މަސައްކަތެކެވެ. ރައްޔިތުން ނުކުމެ ޤަބުރުސްތާން ސާފް ކޮއްފިއެވެ. އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު މަގު ފާރުގައި ކުލަ އެސް ލައިފިއެވެ. ގަބުރުސްތާނުގައި ހެދިފައި ހުރި ގަސްތަށް ކޮށައި ތިރިވެސް ކޮށްފިއެވެ.
މިއަދު ތިނަދޫ ކައުނަސިލްގެ އިސްނެގުމަށް ކުރި މަސައްކަތަށް ސާބަސް ދެމުން އެހެން ވާހަކައެއް ދަންނަވާލާނަމެވެ. ރައްޔިތުން ގޮވައިގެން ނުކުމެ މަސައްކަތް ނުކުންނަ ހިސާބަށް ތިނަދޫ ޤަބުރުސްތާން ދިޔައީ ކީއްވެބާއެވެ. އެ ޙާލަތު އިޔާދަވީ ކީއްވެބާއެވެ. ތިޔަ ހީފުޅު ކުރެއްވީ ރަނގަޅަށެވެ. ސާފްކޮށް ބަލަހައްޓަން ބަޔަކު ނެތީމައެވެ. ފަރުވާކުޑަ ކޮށްލެވުނީއެވެ. ހަމަ ޔަޤީނުންވެސް ތިނަދޫ ކައުނަސިލަކީ އެތަން ވަރަށް ޗާލުކޮށް މިހާރަށްވުރެވެސް ނަލަކޮށް އެތަން ބެލެހެއްޓޭނެ މިންވަރަށް އާމްދަނީ ލިބޭ ތަނެކެވެ. ޚަރަދު ކުރެވިދާނެ ބައެކެވެ. އެންމެ މަސައްކަތު މީހަކު ލައިގެން ވެސް ކުރެވިދާނެއެވެ. ކޮންމެ ދުވަހަކު ބޮޑު ސާފު ކުރުމެއް ނޯންނާނެއެވެ.

އަދި އެހެން ޚިޔާލެއްވެސް ދީފާނަމެވެ. ޖަމްޢިއްޔާ އަކަށް މަސައްކަތް ދޭށެވެ. ރަނގަ އުސޫލެއްގެ ދަށުން އެ ޖަމްޢިއްޔާ އަށް ނުވަތަ ޖަމްޢިއްޔާ ތަކަށް އާމްދަނީ ވެސް ލިބޭނެ ގޮތަކަށް ރަށުގައި ހުރި ތިޔަ ފަދަ ތަންތަން ރީތިކޮށް ބެލެހެއްޓުމަށް ދެވި ދާނެއެވެ. ބޭނުން ވަނީ މޮނީޓަރ ކުރާނެ ބައެކެވެ. ސުޕަރވައިޒް ކުރާނެ ނިޒާމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!