ޚަބަރު
މެމްބަރުންގެ ރައްޓެހިންނަށް އެއަރޕޯޓްގައި ވީއައިޕީ ޚިދުމަތް ދިނުމާއި ދެކޮޅު: ނަޝީދު

ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންނަށާއި މެމްބަރުންގެ ރައްޓެހިންނަށް އެއަރޕޯޓުގައި ވީއައިޕީ ޚިދުމަތް ދިނުމާއި ދެކޮޅުކަމަށް މަޖުލީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ވިދާޅުވީ މެމްބަރުންނަށް ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވެގެން ދަނީ އެބޭފުޅުންގެ ކިބުރުވެރިކަމާއި ބޮޑާކަމުން ކަމަށެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު މިހެން ދެންނެވުމުންވެސް ބައެއް މެމްބަރުން ވަނީ އެމެމްބަރުންގެ އިއްޒަތްތެރި ކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެވާހަކަފުޅާ ގުޅިގެން ނަޝީދު ވިދާޅުވީ އިއްޒަތްތެރިކަމަކީ އެމީހެއްގެ އަޚުލާގު ކަމަށާއި އެއަރޕޯޓްގެ ކިޔުގައި މަޑުކޮށްގެންހުރެ އެހެން މީހުންނަށްވެސް ފުރުސަތު ދިނުމަކީ ރީތި ސިފައެއް ކަމަށެވެ.

ނަޝީދުގެ ޣައިރު ހާޒިރުގައި މަޖުލީހުގެ ރިޔާސަތުގައި އިންނަވާ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެފައިވަނީ އެ ކަމަށް މަޖިލީހުގެ ބަޖެޓުން ޚަރަދު ކުރެވެން ނެތް ކަމަށާއި އާންމު ކޮމިޓީގެ ނިންމުން ރިވިއު ކުރަން ފޮނުވާފައިވާނެ ކަމަށެވެ.

މަޖުލީހުގެ މެމްބަރުންނާއި މެމްބަރުންގެ ރައްޓެހިންނަށް އެއަރޕޯޓްގެ ވީއައިޕީ ލޯންޖްގެ ޚިދުމަތް ދިނުމާއި ގުޅޭގޮތުން ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!