ޚަބަރު
ފަރެސްމާތޮޑާ އެއަރޕޯޓްގެ ރަންވޭ އެޅުމަށް ތައްޔާރުވެއްޖެ

ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ އެންމެފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށް އެކުންފުނިން ބުންޏެވެ. އެގޮތުން ރަންވޭ އެޅުމަށް ބޭނުންވާ އޭބީސީ ހިލަ އެރަށަށް ގެންދެވިފައިވާ ކަމަށް ވެސް އެމްޓީސީސީއިން ބުނެއެވެ.

އަދި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަބްގްރޭޑްގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އަދި އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެކުންފުނިން މިހާރު ދަނީ ވަމުންނެވެ.

މީގެ އިތުރުން އެއަރޕޯޓުގެ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށްޓަކާ ބޭނުންވާ އިތުރު ވެހިކަލްތަކާއި ސާމާނު އެމްޓީސީސީން ވަނީ އެރަށް ގެންގޮސްފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. މިރަށްތައް ހިމެނޭހެން ޖުމުލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ.

މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުހެ މުއްދަތެކެވެ. އެމް.ޓީ.ސީ.ސީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ފަރެސްމާތޮޑާ އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި ސަރުކާރާއި ޙަވާލުކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!