ޚަބަރު
ގާބުރިޔަކުން ޖަހައި ކާރެއްގެ ބިއްލޫރިގަނޑު ތަޅާލައިފި

ގާބުރިއަކުން ޖަހައި މާލޭގެ މަގުމަތީގައި ޕާކުކޮށްފައި އޮތް ކާރެއްގެ ބިއްލޫރިގަނޑު ތަލާލައިފިއެވެ.

މާލޭގެ ފުރުގާން މިސްކިތް ކައިރީގައި ޕާކުކޮށްފައި އޮތްވާ ގެއްލުން ދީފައިވަނީ ޓެކްސީ ކުރަން ބޭނުންކުރާ ކާރެކެވެ. އެ ކާރުގެ ވެރިފަރާތް (މުއްތަލިބު އަލީ) ބުނެފައިވަނީ ރޭގެ ވަގުތެއްގައި އެކާރު ޕާކުކޮށްފައި އޮތްވާ ބަޔަކު ވަނީ ގާބުރިއަކުން ޖަހައި ކާރަށް ގެއްލުންދީފައި ކަމަށެވެ. އަދި ވެރިފަރާތުން ވަނީ ކާރުގެ ފޮޓޯ ސޯޝަލް މީޑީޔާގައި ހިއްސާކޮށްފައެވެ. އަދި ފޮޓޯ ކެޕްޝަނެއްގެ ގޮތުގައި ލިޔެފައިވަނީ “މިއަދު ޓެކްސީއަށް އަރަން އައިއިރު މިއޮތީ އޮތް ހާލު” މިހެންނެވެ.

ވެރިފަރާތުން މީޑިޔާއަށް މައުލޫމާތު ދިންގޮތުގައި އެސަރަހައްދުގައި ސީސީޓީވީ ކެމެރާއެއްވެސް ނުހުންނަ ކަމަށާއި އެސަރަހައްދަކީ ގަލޮޅު ވިލީ ފުލުސް ހުންނަ ސަރަހައްދުކަން އޭނ ވަނީ ފާހަނގަކޮށްފައެވެ. އަދި މާޗު ބްރޭންޑުގެ ކާރުގެ ވިންޑް ސްކްރީނެއް ލިބޭނެ ތަނެއް ހޯދުމަށް އޭނާ ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.

މާލޭގެ ހަލަބޮލި މަގުތަކުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަވަމުންދާތީ ފުލުހުންދަނީ މަގުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަމުންނެވެ. އެހެންނަމަވެސް ބައެއް ސަރަހައްދުތަކުގައި ކެމެރާ ހަރުކޮށްފައިނުވާތީ އެސަރަހައްދުތަކުން ވައްކަމާއި ފޭރުމުގެ އިތުރުން މީހުންގެ މުދަލަށް ގެއްލުން ދިނުން ދަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ. އެހެންކަމުން މިކަމާ ރައްޔިތުންދަނީ ކންބޮޑުވުން ފާޅުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!