ޚަބަރު
“އިއްޒަތްތެރި” މެމްބަރުން ކިޔާއިރު، އިއްޒަތްތެރިކަމެއް ނުލިބޭ : އިކްރާމް

ރައްޔިތުންގެ މަޖިލީުގެ މެމްބަރުންނަށް އިއްޒަތްތެރި މެމްބަރުން ކިޔާއިރު، އިއްޒަތްތެރިކަން ނުލިބޭތީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މުލަކު ދާއިރާގެ މެންބަރު އިކްރާމް ހަސަން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މަޖިލީސް މެންބަރުންނަށް ހަދާފައިވާ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި އިކްރާމް ވިދާޅުވީ މަޖިލީސް މެންބަރުންގެ ކުރިއަށް “އިއްޒަތްތެރި މެންބަރުންގެ” ލަގަބު ދީފައި އޮތަސް އެކަން ހަގީގީ މާނާގައި ނުހިނގާ ކަމަށެވެ.

މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި މިއަދު ކުރެވެމުންދާ ބަހުސްގައި މެމްބަރު އިކްރާމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް “އިއްޒަތްތެރި” މެމްބަރުން ކިޔާއިރު، އިއްޒަތްތެރިކަމެއް ނުލިބޭކަމަށެވެ. މެމްބަރުންނަކީ އާދައިގެ މީހުންނަށްވެސް ދަށް ބައެއްކަމަށް އޭނާ ވަނީ ބުނެފައެވެ. އިކްރާމް ވިދާޅުވީ މެމްބަރުންނަށް އިއްޒަތްތެރި ލަގަބު ދީފައި އެކަން ނުލިބޭނަމަ “ނިކަމެތި” މެމްބަރުން ކިޔުންވެސް މާ ރަނގަޅު ވާނެކަމަށެވެ.

މަޖިލިސްގެ މެމްބަރުންގެ މެދުގައި ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ކުރެވޭ މިބަހުސްގައި މަޖިލިސް ރައީސްވެސް ވަނީ މެމްބަރުންނަށް ރައްޔިތުން ފާޑުކިޔަނީ މާބޮޑަށް ބޮޑާވާތީކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!