ތަފާތު ގިނަ ޚިދުމަތްތަކާއެކު “އައިރިޝް” ނަމުގައި އަންހެނުންނަށް ޚާއްސަ ސެލޫނެއް ތިނަދޫގައި ހުޅުވައިފިއެވެ.
މިރޭ ތިނަދޫގައި ހުޅުވި މި ސެލޫން ހުޅުވައި ދެއްވީ ތިނަދޫ އަންހެނުން ކޮމިޓީގެ ރައިސާ ޖީޒާ ހަސަންއެވެއެވެ.
ޒަމާނީ ވަސީލަތްތަކާއި އެކު މިރޭ ހުޅުވުނު އައިރިޝް ސުލޫން އާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެ ސެލޫނުގެ ވެރިޔާ ޝަޒިއްޔާ އަހުމަދު ވިދާޅުވީ މިފަދަ ތަނެއް ތިނަދޫ ގައި ހުޅުވުމުގެ ބޭނުމަކީ ތިނަދޫ ފަދަ އާބާދީ އެއްގައި މިފަދަ ޚިދުމަތެއް ފުޅާ ދާއިރާއެއްގައި ދިނުން މުހިއްމު ކަމަށް ވާތީ އާއި ވަރަށް ގިނަ ބަޔަކު މި ޚިދުމަތް ތައް ލިބޭނެ ފެންވަރު ރަނގަޅު ތަނެއް ހެދުމަށް އެދޭތީކަމަށެވެ.
ވަރަށް ހިތްގައިމު ގޮތަކަށް ފަރުމާ ކޮށްފައިވާ އައިރިޝް ސެލޫން މިރޭ ހުޅުވިގެން ދިޔައިރު އެތަނުން ލިބެން ހުރި ހުރިހާ ޚިދުމަތަކަކީވެސް އަންހެނުންނަށް ޚާއްސަ ޚިދުމަތްތަކެއްކަން ފާހަގަ ކޮއްލެވެއެވެ. އެގޮތުން ފޭޝަލް, ޕެޑިކިއޫ، މެނިކިއޫގެ އިތުރުން ބޯ ކޮށައި ދިނުން، އިސްތަށިގަނޑަށް ފަރުވާ ދިނުމާއި ވެކްސް ކޮށްދިނުމުގެ ޚިދުމަތް ފާހަގަ ކޮށްލެވެއެވެ.
“އައިރިޝް” ގައި ބިއުޓީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަނީ އިންޑިއާ އާއި ސިންގަޕޫރު ގައި 4 އަހަރު މަސައްކަތް ކޮށް ތަޖުރިބާ ހޯދާފައިވާ އިންޑިއާގެ އަންހެނެކެވެ.
އަދި މި ޚިދުމަތަކީ ހަމަ އެކަނި ތިނަދޫ ރައްޔިތުންނަށް ހުޅުވި ތަނެއް ނޫން ކަމަށާއި އަތޮޅު ތެރެއާއި ރިސޯޓް ތަކުން ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ވެސް އެތަނުން ލިބޭ ހުރިހާ ޚިދުމަތެއް ވެސް ލިބިގެންދާނެ ކަމަށް އައިރިޝް އިން މައުލޫމާތު ދެއެވެ.