ޚަބަރު
ރާއްޖެއިން ފެނުނު އާ ވައްތަރެއްގެ މަހަށް ނަން ދީފައިވަނީ ލާމާ ގުޅުވައިގެން

ރާއްޖެއިން ފެނުނު އާވައްތަރުގެ މަހަށް ލާމު އަތޮޅާ ގުޅުވައިގެން ނަން ދީފިއެވެ. އެމަހުގެ ނަމަކަށް ކިޔާފައިވަނީ “ސާކޭމިޔާ ލާމް” އެވެ.

ސިކްސް ސެންސް ލާމުން ހިންގަމުން އަންނަ މޯލްޑިވްސް އަންޑަ ވޯޓާ އިނީޝިއޭޓިވުން ބުނެފައިވަނީ އެޕޮގޮނެޑައި އާއިލާ އަށް ނިސްބަތްވާ ސާކޭމިޔާ ބާވަތުގެ މިމަސް ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ ލާމުއަތޮޅުން ކަމަށްވަތީ އެމަހުގެ ނަން ލާމް އަތޮޅާ ގުޅުވައިގެން ދީފައިވާ ކަމަށެވެ.

https://www.facebook.com/MaldivesUnderwaterInitiative/posts/1004569456752555

ޑރ. މާކް އެޑަމަން ސިކްސް ސެންސް ރިސޯޓަށް ޒިޔާރަތްކުރައްވާ ކުރެއްވި ދިރާސާއަކުން ފެނިފައިވާ އާ ވައްތަރެއްގެ މަހުގެ ދިގު މިނުގައި 2.4 ސެންޓިމީޓަރު ހުއްޓެވެ. މިވައްތަރުގެ މަހަކީ އާއްމުކޮށް އެކަނި އުޅޭ މަހެއް ކަމަށާއި މިމަސް ގިނައިން ފެންނާނީ ރޭގަނޑު ކަމަށް ޑރ.މާކް ވަނީ ބުނެފައެވެ.

މުޅިދުނިޔެއިންވެސް މިމަސް ހޯދުނުކަމަށް ރިޕޯޓު ކުރެވިފައިވަނީ ޗޭގޮސް އާކިޕެލަގޯ އިންނާއި ރާއްޖެއިންނެވެ.

 

Comment