ޚަބަރު
ކޮނޑުމަތީ ދަރިފުޅު އުފުލި މަންމައަށް ލިޓަސްއިން ސައިކަލެއް ހަދިޔާކޮށްފި

ދަރިފުޅު ކޮނޑުމަތީގައި އުފުލި މަންމަ ހޯދައި، ލިޓަސް އިން ސައިކަލެއް ހަދިޔާކޮށްފިއެވެ.

ލިޓަސްއިން ވަނީ އެއަންހެން މީހާ ދަރިފުޅު ކޮނޑުމަތީގައި އުފުލި މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯތައް ސޯޝަލްމީޑިއާގައި ދައުރުވާން ފެށުމުން އެއަންހެންމީހާއާ ބެހޭ މައުލޫމާތު ލިޓަސްއާ ހިއްސާކޮށްދެއްވުމަށް އެދި މީގެ ކުރިން ލިޓަސްގެ ފޭސްބުކް ޕޭޖްގައި އިއުލާންކޮށްފައެވެ.

ލިޓަސް އިން ބުނީ، ގިނަ ބައެއްގެ އެހީތެރިކަމާއެކު މިފަހުން ދައުރުވި ވީޑިއޯއިން ކޮނޑުމަތީ ދަރިފުޅު އުފުލި މަންމަ (ވަސީމާ މޫސާ) އާއި ގުޅޭނެ ގޮތް މެދުވެރިވެ ލިޓަސްގެ ފަރާތުން ހަދިޔާ ރައްދުކޮށްދީފައި ކަމަށެވެ.

ލިޓަސް އިން އެއަންހެން މީހާ އަށް ހަދިޔާކުރި ސައިކަލް 2 އަހަރު ދުވަހު ހިލޭ ސާވިސްކޮށްދިނުމުގެ އިތުރުން 2 އަހަރު ދުވަހު ދުއްވުމަށް ބޭނުންވާނެ ޕެޓްރޯލް ޚަރަދުވެސް އެއަންހެންމީހާ އަށް ދިނުމަށް ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!