ޚަބަރު
ހިއުމަން ރައިޓްސް ކޮމިޝަނަށް ތިނަދޫ މީހަކު އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް، ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ޢައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު މި މަޤާމަށް ޢައްޔަންކުރެއްވީ މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބާއި ހަވާލުކުރައްވާފައެވެ.

އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު މީގެކުރިންވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައި 2015 ވަނަ އަހަރުން ފެށިގެން ސްޓޭޓް އެޓަރނީކަމާއި ސީނިއަރ ސްޓޭޓް އެޓަރނީގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އެޓޭޗޭއެއްގެ މަޤާމުވެސް 2010ވަނަ އަހަރާއި 2011ވަނަ އަހަރާއި ދެމެދު ފުރުއްވާފައިވެއެވެ.

އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއިން އިން މާސްޓަރ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވާ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ވަނީ އިންސާނީ ޙައްގުތަކާއި ބެހޭ އެތަކެއް ވޯކްޝޮޕްތަކާއި ސެމިނަރތަކުގައި ބައިވެރިވެލައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބަކީ އ.ދ.ގެ ޔޫ.އެން.ސީ.އޭ.ސީއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ މާހިރުންގެ ޓީމުގެ މެންބަރެކެވެ.

 

  1. ރާއްޖެ

    ތެނަދޫވީމައި ވަކިކޮންކައިކެ ވެންނޫ!