ރައީސް އޮފީހުގެ ކުރިމައްޗަށް މީހަކު ކޮޅަށް ހުރެ ކުޑަކަމު ގޮސްފިއެވެ.
ސޯޝަލްމީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ ކަމަށް ބުނާމީހާ ކުޑަކަމުދާން ހުރީ ރައީސް އޮފީހުގެ ގޭޓު ކައިރީގައެވެ.
ފޮޓޯއިން ފެންނަ ގޮތުގައި އެމީހާ ކައިރީގައި އިތުރު ބަޔަކުވެސް އެގަޑީގައި ތިއްބެވެ. ނަމަވެސް އެމީހާ ހައްޔަރުކޮށްފައިވާ ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
އަދި މިއީ ދިވެއްސެއް ކަމެއްވެސް ނޫނީ ބިދޭސީއެއް ކަމެއްވެސް މިހާތަނަށް އެނގިފައިނުވެއެވެ.