އިސްލާމީ މަރުކަޒުގައި ދާދި ދެންމެއަކު މަޤްރިބް ނަމާދުކުރަން ތިއްބާ މީހަކު ވަދެގެން ގޮސް އިމާމުގެ ކުރިމަތީގައި ކުޑަކަމުގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މިސްކިތަށް ވަދެ އިމާމްގެ ކުރިމަތީ ކުޑަކަމު ދިޔުމަށްފަހު ނުކުމެގެން ގޮސްފައެވެ. އަދި އެއީ ދިވެއްސެއް ކަމެއް ނޫނީ ބިދޭސީއެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
އިސްލާމީ މަރުކަޒު ތެރެއަށް މީހަކު ވަދެ ކުޑަކަމު ގޮސްފައިވާއިރު، މީގެ ކުޑަ އިރުކޮޅެއް ކުރިން ރައީސް އޮފީސް ކުރިމަތީ މީހަކު ކުޑަކަމުދާން ހުއްޓާ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. މިއީ ދެމީހަކު ކަމެއް އަދި އެކަކު ކަމެއް އިނގޭގޮތް ވަނީ ނުވެފައެވެ.