ޚަބަރު
އިސްދޫގައި ހުރި އާސާރީ ފެންވަޅެއް އަޑިޔަށް ހިގައްޖެ

ލ.އިސްދޫގައި ހުރި ޒަމާންވީ އާސާރީ ފެންވަޅެއް އަޑިޔަށް ހިގައްޖެއެވެ.

މިކަމާ ބެހޭގޮތުން އެރަށު ކައުންސިލުގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވީ އެފެންވަޅަށް މިހާރު 150 އަހަރުވެދާނެ ކަމަށާއި އެއީ އެރަށު މީހުން ބޯފެން ނަގާ ވަޅެއް ކަމަށެވެ. އަދި އެވަޅުގެ ފެން މީރުކަމުން އެރަށުގެ މީހުން އެވަޅު ފެން ބޯން ބޭނުން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީލް ވިދާޅުވި ގޮތުގައި އެވަޅު އަޑިޔަށް ދިޔައީ އެވަޅާ ގާތްގަނޑަކަށް 6 ފޫޓު ދުރުން ދިޔަ ހައިމާކެއް އެތަނުން ދިޔަތާ މިނެޓެއް ވަރު ފަހުންނެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހެދުނު 9 ޖެހިއިރުއެވެ.

https://www.facebook.com/ibrahim.khaleel.58152559/videos/853052865389100

މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއަކުންވެސް އެވަޅު އަޑިޔަށް ދިޔަ މަންޒަރު ފެނިގެންދެއެވެ.

އެވަޅަކީ އެރަށުގަ ހުރި އާސާރީ ވަޅެކެވެ. އެރަށުގެ އުމުރުން  ދުވަސްވީ މީހުން ބުނާގޮތުގައި އެވަޅުން ފެންބޮއެފި މީހަކު އެރަށުން ނުދާނެއެވެ. އެހާވެސް އެވަޅުފެން މީރެވެ. އެއީ އެރަށު ރައްޔިތުން ގިނަ ޒަމާންތަކެއްގައި ބޯފެން ނެގުމަށް ބޭނުންކުރި ވަޅެއް ކަމަށް ހަލީލު ވަނީ ވިދާޅުވެފައެވެ.

  1. އިބިލިސް

    ދެން އޭނަގާ