ހުކުރު މިސްކިތަށް ވަދެ މިސްކިތް ތެރެއަށް މީހަކު ކުޑަކަމުގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދާދި ދެންމެއަކު ހުކުރު މިސްކިތަށް ވަދެ މިސްކިތަށް ކުޑަކަމުގޮސްފައިވަނީ މީގެ އިރުކޮޅެއް ކުރިން އިސްލާމީ މަރުކަޒަށާއި އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މީހާކަމަށެވެ.
މިކަމާގުޅިގެން ފުލުހުން ވިދާޅުވީ، ރައީސް އޮފީހަށާއި އިސްލާމީ މަރުކަޒު އަދި ހުކުރު މިސްކިތަށް ވަދެ ކުޑަކަމު ގޮސްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށެވެ.
ނަމަވެސް މިހާތަނަށް މިމީހާ ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވެއެވެ. އަދި އެއީ ދިވެއްސެއް ކަމެއް ނޫނީ ބިދޭސީއެއް ކަން އެނގިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު މީޑިއާތަކަށް މައުލޫމާތުދިން ގޮތުގައި މިސްކިތްތަކަށްވަދެ މީހަކު ކުޑަކަމު ދިޔަ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި، މިވަގުތު އިސްލާމީ މަރުކަޒުގައި މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ހައިވާނު ލަދުހަޔާތް ކޮބައިބާ؟