ޚަބަރު
ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ 6 އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް މަރުވި މައްސަލަ ބަލަނީ

ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ހަ އަހަރުގެ އަންހެން ކުއްޖަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ މުޙައްމަދު ޟިރާރު “ވަން” އޮންލައިނަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މަރުވި އަންހެންކުއްޖާ، އެ ހޮސްޕިޓަލަށް ގެންދެވުނީ، ބަނޑަަށް ތަދުވެ ހޮޑުލާތީ އެވެ. ފަރުވާ ދެމުން އަންނަނިކޮށް މިކުއްޖާ މަރުވެފައިވަނީ މިރޭ 07:00 ޖެހިއިރު ކަމުގައެވެ. ޟިރާރު މީޑިއާއަށް މައުޅުމާތު ދެއްވި ގޮތުގައިއެކުއްޖާ ހޮސްޕިޓަލަށް ގެންދެެވުނީ، މިއަދު މެންދުރު ފަހުގައެވެ. ހޮސްޕިޓަލަށް ގެންދެވުމާއިއެކު ސީޕީއާރު ދެވުނުކަމުގައި ޟިރާރު މަޢުލޫމާތު ދެއެވެ. އަދި މިކުއްޖާއަށް ފަރުވާ ދެވިގެންދިޔައީ، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށާއި، އެކުއްޖާއަށް ފަރުވާ ދީފައިވާނެ ކަމަށާއި ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ދެވެން ހުރި ހުރިހާ ފަރުވާއެއް ޑޮކްޓަރުން ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހޮސްޕިޓަލުން ދީފައިވާ ފަރުވާއާއި މެދު، ބޮޑު ތުހުމަތުތަކެއް އާއިލާއިން ކުރުމާއެކު، ކުޑަކުއްޖާއަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އިހްމާލުވެފައިވާކަމަށް އާއިލާއިން ބުނާކަމަށް ހޮސްޕިޓަލް މޭނޭޖަރ ވަން އަށް މަޢުލޫމާތު ދީފައި ވެއެވެ. މެނޭޖަރ ބުނެފައިވާގޮތުން، އާއިލާއިން ބޭނުންވާގޮތަށް، ހޮސްޕިޓަލުގެ އިޙްމާލެއް ވޭތޯ ޗެކްކުރެއްވުމާއި، އެކަމުގައި އިހްމާލެއް ވާނަމަ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެކަމަށް މެނޭޖަރ ވިދާޅުވިއެވެ.

“ވަން” އަށް މައުލޫމާތުދެމުން ކުއްޖާގެ ބައްޕަ މިރޭ ބުނީ، އޭނާއަކީ ބަލި ކުއްޖެއް ނޫން ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައީ ކޮވިޑް އަލާމާތްތައް ހުރުމާ އެކު ހޮޑު ލެވޭތީ ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން 5:15 ހާއިރު އިންޖެކްޝަނެއް ޖެހުމުން ކުއްޖާ ވަގުތުން “ހުއްޓުނު” ކަމަށް އޭނާ ބުންޏެވެ.

ހޮސްޕިޓަލުން ޖަހާފައި ވަނީ ކޮންކަހަލަ އިންޖެކްޝަނެްކަން ނޭނގޭ ކަމަށް ކުއްޖާގެ ބައްޕަ މީޑިޔާއަށް މަޢުލޫމާތު ދީފައި ވެއެވެ. އަދި އެއީ ބަލިކުއްޖެއް ނޫން ކަމަށާއި، ދައްކަން ދިޔައީ ކޮވިޑްގެ އަލާމާތްތަކެއް ހުރުމުން ކަމުގައި ބައްބަ ބުނެފައި ވެއެވެ.

އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި، ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި އެއްވެސް ފަރާތަކަށް ތުހުމަތު ކުރަން ބޭނުން ނުވުމުގެ އިތުރުން އެ މައްސަލަ އަދި އެއްވެސް އިދާރާއަކަށް ހުށަހަޅާފައިވެސް ނުވާ ކަމަށެވެ. އެެހެން ނަމަވެސް މަރުގެ މައްސަލަ ބެލުމަށް ހެލްތު މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް ބައްޕަ ބޭނުންވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!