ޚަބަރު
ރައީސް ސޯލިހު ދެއްވި ދައުވަތު ގަބޫލުކޮށް އދގެ އާންމު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ އޮންލައިން ނޫސް “ސަން” ގައި ބުނެފައިވާ ގޮތުގައި ޝާހިދު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު ކަމަށެވެ.

އަދި މިހާރުވެސް ޝާހިދު ގެންދަވަނީ އެކި ގައުމުތަކަށް އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގަންނަވަމުން ކަމަށާއި، އެގޮތުން އިއްޔެ ޝާހިދުވަނީ ޔޫއޭއީއަށްވެސް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އ.ދ ގެ އާންމު މަޖިލީހުގެ ރައީސްއަށް ރާއްޖެ ވަޑައިގަތުމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދައުވަތު އަރުވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!