އެކި ސަބަބުތަކާއި ހެދި ދިގުލައިގެން ދިޔަ އެޑެކްސެލް އޭލެވެލް އިމްތިހާނުތައް މިއަދު ފަށައިފިއެވެ.
2700 ވަރަކަށް ދަރިވަރުންނާއި އެކު ފެށި އޭ.އެސް / އޭ2 ލެވެލްގެ އިމްތިހާންތަކުން މިއަދު އޮތީ އޭ.އެސް ބަޔޮލޮޖީ އަދި ބިޒްނަސްގެ ޔުނިޓް 1 އެވެ.
މި އަހަރުގެ އޭޕްރިލް މަހު ފެށި އެޑެކްސެލް އޭލެވެލް އިމްތިހާން ކަރުދާސްތައް ލީކުވުމާއި ގުޅިގެން މިނިސްޓްރީ އިން ވަނީ އެ އެގްޒާމް ސީރީޒް ކެންސަލް ކޮށް އޮކްޓޯބަރ އަށް އިމްތިހާންތައް ފަސްކޮށްފައެވެ.
ނަމަވެސް އޭލެވެލްގައި ހޭދަ ކުރަންޖެހޭ ދުވަސްތައް ގިނަވުމުގެ އިތުރުން ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އަވަހަށް ދަސްވެނިވުމަށް ބޭނުންވާ ދަރިވަރުން ތިބުމާއެކު މިނިސްޓްރީއިން ވަނީ މެއި/ޖޫން ގައި ޓީޗަރ ބޭސްޑް އެސެސްމެންޓްގައި ބައިވެރިވެގެން ސެޓްފިކެޓް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
To all the students sitting for this year's Cambridge AS/AL, Cambridge IGCSE and Edexcel IAL examinations, we wish you good luck in your exams.
We advice you to obey and follow the exam rules and regulations. pic.twitter.com/VkWsG4sWx4— Department of Public Examinations (@dpemv) October 3, 2021
14 ސެންޓަރަކުން ޖުމްލަ 74 ދަރިވަރުން ވަނީ މި ފުރުސަތުގެ ބޭނުންކޮށް އޭލެވެލް ނިންމާފައެވެ. އެހެންސް ހައި އެޗީވާރޒް އެވޯޑާއި ހައި އެޗީވާރޒް ސްކޮލަރޝިޕް އަދި ރައިސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕަކީ ވަރަށް ބުރަ މަސައްކަތުން ދަރިވަރުން ހޯދާ ވަރަށް ޕްރެސްޓީޖިއަސް އެވޯޑްތަކެއް ކަމަށް ބުނެ އޭގައި ވާދަ ކުރުމުގެ ފުރުސަތު މި 74 ދަރިވަރުންނަށް ދީފައެއް ނުވެއެވެ.
މި އިމްތިހާންތައް މި ހިންގާ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު ނިމޭއިރު 2020 ވަނަ އަހަރު އޭލެވެލް އާއި ގުޅުނު ދަރިވަރުންގެ އޭ.އެސް ލެވެލް ނިމިގެންދާނެއެވެ. އަދި މިއީ 2019 ވަނަ އަހަރު އޭލެވެލް އާއި ގުޅުނު ގިނަ ދަރިވަރުންތަކަކަށް އިންތިޒާރީކޮޓަރިން ނުކުމެވޭނެ ދުވަހަކަށް ވާނެއެވެ.