ހ. ކަވަލް ކިޔާ ގޭގެ 9 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ހ. ކަވަލް ކިޔާ ގޭގެ 9 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެފައިވާ ކަމަށާއި، އެފްއާރުއެސްގެ ފަޔަރމަނުން ދިޔައިރު އަލިފާންވަނީ ނިއްވާލާފައިކަމަށެވެ.
މިހާދިސާގެ މައުލޫމާތު އެފްއާރުއެސް އަށް ލިބިފައިވަނީ މިއަދު ހެނދުނު 08:47 ހާއިރު ކަމަށާއި، މިހާދިސާގައި އެއިމާރާތުގެ 9 ވަނަ ފަންގިފިލާގައި ހުރި ބަދިގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު އަލިފާން ރޯވާން މެދުވެރިވެފައިވަނީ ބަދިގޭގައި ބޭނުން ކުރި ހުޑަށް ދިމާވި އިލެކްޓްރިކަލް މައްސަލައެއްގެ ސަބަބުން ކަމަށްވެސް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މައުލޫމާދު ދެއްވިއެވެ.
އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.