މަޢުލޫމާތު
ވިސްނުން ތޫނު މީހުންގެ ދިރިއުޅުމުގައި ލޯބި ހާޞިލްކުރަން ދަތިތަކެއް ކުރިމަތިވަނީ ކީއްވެ؟

ލޯތްބަކީ ގިނަ ބަޔަކަށް ދަނެގަންނަން އުދަނގޫ އެއްޗެކެވެ. ބައެއް ފަރާތްތަކަށް ލޯތްބަކީ މިދުނިޔެ މަތީގައިވާ އެންމެ ބިރުވެރި އިޙްސާސަށް ވެފައިވާއިރު، ބައެއް ފަރަތްތަކުން ލޯތްބަކީ ވުޖޫދުގައި ވާއެއްޗެއްގެ ގޮތުގައި ޤަބޫލު ނުކުރެއެވެ.

ވިސްނުން ތޫނު ބައެއް ފަރާތްތަކަށް ލޯބި ހާޞިލްކުރަން އުދަނގޫތަކެއް ކުރިމަތި ވެއެވެ. ހިތްކިޔާ، ކަމުދާ ބައިވެރިޔަކާއި ދިމާވުމުން، ލޯބީގެ ގުޅުމެއް ފެށިގެންދާނެކަމަށް އަހަރަމެންގެ ތެރެއިން ބައެއް މީހުންނަށް ހީވިކަމުގައި ވީނަމަވެސް މިކަން އޮތީ މިހެން ނޫނެވެ. ވިސްނުން ތޫނު މީހުންނާއި ނަފްސާނީގޮތުން ޗެލެންޖް ކޮށްލެވޭ ވަރު ބައިވެރިޔަކު ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ވިސްނުން ތޫނު ބައެއް ފަރާތްތަކުގެ ދިރިއުޅުމުގައި ލޯބި ހާޞިލް ކުރުމަށް އުދަނގޫ ވާ ބައެއް ސަބަބުތަކަށް މި ލިޔުމުގައި ހިމަނާލަމެވެ.

ވާހަކަ ދައްކަން އުދަނގޫ ބަޔަކަށް ވުން

ވިސްނުން ތޫނު މީހުންނަކީ، ޠަބީއީ ގޮތުން، ވާހަކަ ދެއްކުން މަދު، ކަންކަމާއި ފުންކޮށް ވިސްނާ މީހުންނެވެ. މިފަދަ މީހުންނާއި ވާހަކަދެއްކުމަކީ ތަންކޮޅެއް އުދަނގޫ ކަމެކެވެ. މިފަދަ ފަރާތްތަކާއި ވިސްނުން އެއް ލެވެލްގެ މީހުން ނޫން މީހަކު ވާހަކަ ދައްކާނަމަ، ވާހަކަ ދައްކާއިރު، އެދައްކާ ވަހާކައިގައި އެއްވެސް ވަރަކަށް ނުރަގަނޅު މަޢުލޫމާތެއް ހިމެނޭނަމަ، އޭގައި ހިފައި، އަސްލު ކަން އޮންނަގޮތް އޮޅުފިލުވަން، މިފަދަ ފަރާތްތަކުން ބާރުއަޅައެވެ. މިއީ ވާހަކަ ދައްކާ ފަރާތް ލަނދުގަންނަ ކަމަކަށް ވުމުގެ އިތުރުން ދެވަނަ ފަހަރަކަށް ވާހަކަދައްކަން އުދަނގޫވެ، ބޭނުން ނުވާ ސަބަބަކަށް ވެގެންދެއެވެ.

ބޭރުފުށުން ފެންނަ ބައެއް ސިފަތަކަށް ބަލައި ފޫހިވުން

ވިސްނުން ތޫނު ފަރާތްތަކުގެ ކިބައިން ބޭރުފުށުން ފެންނަ ބައެއް ކަންތައްތަކަށް ބުރަވެ، އެފަދަ މީހުންނަކީ މާ ބޮޑަށް މީހުން ގަޔާވާ ބައެއްގެ ގޮތުގައި މީހުން ބަލައިނުގަނެއެވެ. ނަމަވެސް ހަޤީޤަތަކީ މިއެއް ނޫނެވެ. މިފަދަ ފަރާތްތަކަކީވެސް، ރަޙްމަތްތެރިންނަށް ވަރަށް ރަނގަޅު އަދި ހަމަ އެހެންމެ ބައިވެރިޔާއާއި ވަރަށް އަޅާލާ ބަޔެކެވެ. ބޭރު ފުށުން ފެންނަ ބައެއް ފޫހި ސިފަތަކަށް ބަލައިގެން ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެއެވެ.

އެހެން މީހުންނާއި ކަންކަން ހިއްސާކުރާ ބަޔަކަށް ނުވުން

ވިސްނޫނު ތޫނު މީހުންނަކީ، ފަސޭހައިން އެހެން މީހުންނަށް އިތުބާރު ކުރާ ބައެއް ނޫނެވެ. މިގޮތުން، އަމިއްލަ ދިރިއުޅުމާއި، ކަންކަމުގައި ދެކޭގޮތާއި، ވިސްނާގޮތް އަދި ޚާއްސަ ގޮތެއްގައި އަމިއްލަ އިޙްސާސް އެހެން ފަރާތަކަށް ފަސޭހައިން ކިޔައި ދިނުމަށް ބޭނުން ނުވެއެވެ. ނަމަވެސް، އެއްކޮށް އުޅެ، މިޒާޖު ދަސްވެ، އިތުބާރު ޙާޞިލްވުމުން، މިފަދަ ފަރާތްތަށް ކަންކަން ހިއްސާކުރެއެވެ

އެހެން މީހުންނަށްވުރެ ކަންކަމުގައި ބިޒީ ވުން

ވިސްނުން ތޫނު މީހުންނަކީ، މަސައްކަތުގެ މާހައުލުގައި ނުވަތަ އަމިއްލަ ތަފާތު ދިރާސާތަކުގައި ވަރަށްބޮޑަށް ވަގުތު ހޭދަކުރާ ބައެކެވެ. އެހެން މީހުންނާއި ތަފާތުކޮށް، ލިބޭ ހުސްވަގުތުތަކުގައިވެސް، ކޮންމެވެސް ފައިދާހުރި މަސައްކަތެއް ކޮށްލުން ނުވަތަ، މަޢުލޫމަތު އިތުރުކުރުވާ ކޮންމެވެސް ފޮތެއް ކިޔާލުމަށް އެހެން މީހުންނާއި ތަފާތުކޮށް، ޚާއްސަ ސަމާލުކަމެއް ދެއެވެ.

ވިސްނުން ތޫނު ބައެއް ފަރާތްތައް ބިޒީވުމެ ސަބަބުން ވަގުތު ނުވުމަކީ ލޯބިވާ ފަރާތަކަށް ވަގުތު ހުސްކޮށް ނުލެވޭނެ ކަމެއް ނޫނެވެ. ބައިވެރިޔާ އަކީ ވިސްނުންތެރި މީހެއް ނަމަ، ވަގުތު ނުދެވުމުގެ މައްސަލަޔަށްވެސް ހައްލެއް ހޯދޭނެއެވެ.

އޭގެ އެންމެ ރަނގަޅު ވަގުތު ޖެހުމުން، ލޯބިވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަރާ ހަމަކުރާނެއެވެ. ވަގުތު ޖެހުމުން އަހަރަމެން ކޮންމެ އިންސާނަކަށް ޚާއްސަ ކުރެވިފައިވާ، އަހަރަމެންގެ ބޭނުންތައް އެންމެ ރަނގަޅަށް ދަންނަ ބައިވެރިޔާއާއި ބައްދަލުވާނެއެވެ. އަހަރަމެން ކޮންމެ އިންސާނަކަށް ޚާއްސަ ކުރެވިފައިވާ ޚާއްސަ ބައިވެރިއެއް ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި، ބައްދަލު ވުމުގެ މަގުމަތީގައި ވެއެވެ. އިންތިޒާރުކޮށްލައްވާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!